
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުން މަރާލި ކަމަށް އެގައުމުން ބުނެފިއެވެ.
އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އިސްރާއީލާއި އެމެރިކާއިން ދަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި އީރާނުގެ އާންމުންގެ މީހުން ވެސް މަރުވެފައިވާ ކަމަށް މީގެ ކުރިން އެގައުމުން ވަނީ ބުނެފައެވެ.
ޕާކިސްތާނުގެ ހުށަހެޅުމަށް ހަނގުރާމަ 2 ހަފްތާގެ މުއްދަތަކަށް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި އީރާނުގެ ފޮރެންސިކް މެޑިސިން އޯގަނައިޒޭޝަންގެ ވެރިޔާ، އައްބާސް މަސްޖިދު އަރާނީ ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި އީރާނުގެ 3000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
އެގައުމުގެ މީޑިއާއެއް ކަމަށްވާ "މީޒާން އޮންލައިން"އަށް ދިން އިންޓަވިއުގައި އޭނާ ވިދާޅުވީ، އޭގެ ތެރެއިން 40 އިންސައްތަ މީހުންގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެއީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށެވެ



