March 26, 2026
Advertisement
.
.

އީރާނުގެ މިސައިލް ހަމަލާއެއް އިސްރާއީލުގެ ކަރަންޓު އުފައްދައިދޭ މަރުކަޒަކަށް

Yana Shareef
ޔާނާ ޝަރީފް
Mar 26, 2026, 02:47 PM

އީރާނުގެ މިސައިލް ހަމަލާތަކުގެ ސަބަބުން އިސްރާއިލުގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ހަޑޭރާގައި ހުންނަ އިސްރާއީލުގެ އެންމެ ބޮޑު ކަރަންޓު އުފައްދައިދޭ މަރުކަޒު ރާބިން ޕަވާ ޕްލާންޓް ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Advertisement

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އީރާނުގެ މިސައިލް ހަމަލާތަކުގެ ސަބުބުން ތެލް އަވީވް މެޓްރޮޕޮލިޓަން ސަރަހައްދާއި އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކުގައި ސައިރަންގެ އަޑު އިވެމުން ދިޔައެވެ.

ޗެނަލް 12 އިން ބުނި ގޮތުގައި 30 މިނެޓް ތެރޭގައި އީރާނުން ތިން ފަހަރެއްގެ މަތިން އުދުއްސާލި މިސައިލްތައް ހުއްޓުވި ފަހުން، އެ މިސައިލްތަކުގެ ބައިތައް އެ ސަރަހައްދުތަކުގެ 30 ތަނަކުން ފެނިފައި ވެއެވެ.

އިސްރާއީލުގެ އިލެކްޓްރިކް ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ހަމަލާތައް ދިން ނަމަވެސް އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ އަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެހެން ނަމަވެސް އެ ސަރަހައްދުގައި އަލިފާން ރޯވެގެން، އެމާޖެންސި ސާވިސް އިން ހަރަކާތްތެރިވި ކަމަށް އިސްރާއީލުގެ މިޑިއާތަކުން ބުނެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved