April 12, 2026
Advertisement
.
. / ޕީއެސްއެމް

އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް އިސްތިއުފާ ދެއްވައިފި

Yana Shareef
ޔާނާ ޝަރީފް
Apr 12, 2026, 04:12 PM

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ކުއްލި ގޮތަކަށް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Advertisement

ނޮވެމްބަރު 28، 2023 ގައި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި މަތީން މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް "އެކްސް"ގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މަތީން މިއަދު އިސްތިއުފާ ދެއްވިއިރު އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާހިދު މިމަހުގެ 7 ވަނަ ދުވަހު ވަކިކޮށްފައިވެ އެވެ.

މިވަގުތު އެ ކުންފުނި ހިންގެވުމާ ހަވާލުވެ ހުންނެވީ ރައީސް މުހައްމަދު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެ މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހުރި ގއ. ގެމަނަފުށީ އަބްދުއް ސަލާމް އެވެ. އޭނާއަކީ މިހާރު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެވެ.

މިދިޔަ ހަފްތާގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން އަށް އިސްތިއުފާ ދެއްވުމަށް ސަރުކާރުން އެންގެވުމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި މިއަދު ހެނދުނު މިފްކޯގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު ވެސް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved