theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަޒީލު / ސޯޝަލް މީޑިއާ
ހަބަރު
މަސައްކަތެއް ނުކުރުވާ، 6 މަސް ދުވަހު ރައްޔިތުންގެ ފައިސާއިން މުސާރާދިނުމަށް ފަހު ފަޒީލު މަގާމުން ވަކިކޮށްފި
Mariyam Isaadha
މަރިޔަމް އިސާދާ
08 ޖުލައި 2025
މާލެ ސިޓީ

ރައްޔިތުންގެ ގޯތިން ވައްކަންކުރި، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ ފަޒީލު ރަޝީދު، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ލިބި ސަސްޕެންޝަންގައި ހުންނަތާ 6 މަސް ފަހުން ވަޒީފާއިން ވަކިކޮށްފިއެވެ.

މައްސަލައާ ގުޅިގެން ޑިސެމްބަރު 19، 2024 ގައި ފަޒީލް ސަސްޕެންޑް ކުރުމަށްފަހު އޭގެ 201 ދުވަސް ފަހުން އޭނާ މަގާމުން ވަކިކުރިކަން ހާމަކުރީ އެމްޑަބްލިއުއެސްސީއިން މީސްމީީޑިޔާގައި އާންމުކުރި ބަޔާނެއްގައެވެ. އެ ބަޔާނުގައިވާ ގޮތުގައި، 19 ޑިސެމްބަރ 2024 ގައި ސަސްޕެންޑް ކޮށްފައިވާ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު 9 ޖުލައި 2025 އިން ފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ވަނީ ނިންމަވާފައެވެ.

އެގޮތަށް ނިންމީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއްގެ ގޮތުން ކަމަށްވެސް ހާމަކޮށްފައިވެއެވެ. މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސް މަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމުގައި ބޯޑުން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި ކަމަށް ފަޒީލުގެ މައްސަލައެއް ފެންމަތިވެފައިވަނީ ނިމިދިޔަ ސަރުކާރުން ދޫކުރި ބިންތަކުން ބިން ލިބުނު ލިސްޓުގައި އޭނާގެ ނަން ނުވެސް ނެތް އިރުވެސް އޭނާއަށް ބިމެއް ލިބި ބިމުގައި ވަށާ ފާރުވެސް ރާނަން ފަށާފައިވަނިކޮށް، އެ ބިމަކީ، ފަޒީލުގެ ކޮއްކޮ އިބްރާހިމު ފަޒުލްގެ އެމްޑީކަމުގެ ދަށުން، ކުރިން އެޗްޑީސީއިން ލިޔުންތަކެއް ފޯޖުކޮށްގެން ހޯދާފައިވާ ބިމެއް ކަމަށް ހާމަވާ ލިޔުންތަކެއް މީސް މީޑިޔާގައި ދައުރުވާން ފެށުމުންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ތެރެއިން ބޮޑެތި ވައްކަންތައް ކުރަނީ ރައީސް މުއިއްޒުއަށް ވެސް އެކަމުގެ މައުލޫމާތު އެނގިވަޑައިގެން ހުންނަވައިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved