theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފަޒީލު / ސޯޝަލް މީޑިއާ
ހަބަރު
ރައްޔިތުންގެ ގޯތިން ވައްކަންކުރި ފަޒީލު ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ލިބި ސަސްޕެންޝަންގައި ހުންނަތާ 6 މަސް!
Mariyam Isaadha
މަރިޔަމް އިސާދާ
22 ޖޫން 2025
މާލެ ސިޓީ

ހުޅުމާލެ ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރެއިން ލިޔުންތަކެއް ފޯޖު ކޮށްގެން އެ ކުންފުނީގެ ކުރީގެ އެމްޑީ އިބްރާހިމު ފަޒުލް ރަޝީދުގެ ކޮއްކޮ، މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕއިޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަޒީލު ރަޝީދު އަދިވެސް ހުރީ މުސާރަ ލިބޭ ގޮތަށް ސަސްޕެންޝަންގައި ކަން ހާމަވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ތެރެއިން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެ ހުށަހެޅި މައްސަލާގައި ފަޒީލު ހުރިހާ ޒިންމާތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ފަސް ދުވަސްވެފައިވާއިރު އޭނާއަށް ލިބެން ޖެހޭ މުސާރަ ދަނީ ބަރާބަރަށް ލިބެމުންނެވެ.

އެގޮތުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން އާ ހަވާލާދީ މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ ގޮތުގައި ފަޒީލް އަދިވެސް ސަސްޕެންޝަނުގައި ހުންނެވީ ފުލުހުންގެ ތަހުގީގަށް ފަހު ވަކި ގޮތެއް އަންގަންދެން ކަމަށެވެ. މަސައްކަތުން ވަގުތީ ގޮތުން އެކަހެރިކުރިތާ ހަ މަސް ދުވަސް ވިއަސް ފަޒީލަށް ބަރާބަރަށް މުސާރަ ލިބިވަޑައިގަންނަވާ ކަމަށް ވެސް މަތީންއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ފަޒީލުގެ މައްސަލައެއް ފެންމަތިވެފައިވަނީ ނިމިދިޔަ ސަރުކާރުން ދޫކުރި ބިންތަކުން ބިން ލިބުނު ލިސްޓުގައި އޭނާގެ ނަން ނުވެސް ނެތް އިރުވެސް އޭނާއަށް ބިމެއް ލިބި ބިމުގައި ވަށާ ފާރުވެސް ރާނަން ފަށާފައިވަނިކޮށް، އެ ބިމަކީ، ފަޒީލުގެ ކޮއްކޮ ފަޒުލްގެ އެމްޑީކަމުގެ ދަށުން ކުރިން އެޗްޑީސީއިން ލިޔުންތަކެއް ފޯޖުކޮށްގެން ހޯދާފައިވާ ބިމެއް ކަމަށް ހާމަވާ ލިޔުންތަކެއް މީސް މީޑިޔާގައި ދައުރުވާން ފެށުމުންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ތެރެއިން ބޮޑެތި ވައްކަންތައް ކުރަނީ ރައީސް މުއިއްޒުއަށް ވެސް އެކަމުގެ މައުލޫމާތު އެނގިވަޑައިގެން ހުންނަވައިގެންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved