March 27, 2026
Advertisement
އަޅުގަޑު ދެކޮޅު ހެދީ އެމްޑީޕީއިން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރި ގޮތް: ރައީސް ޔާމީން
އަޅުގަޑު ދެކޮޅު ހެދީ އެމްޑީޕީއިން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރި ގޮތް: ރައީސް ޔާމީން / ތޭރަ އޮންލައިން

އަޅުގަޑު ދެކޮޅު ހެދީ އެމްޑީޕީއިން ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރި ގޮތް: ރައީސް ޔާމީން

Mar 26, 2026, 10:31 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީނަކީ ލާމަރުކަޒީ އުސޫލާ ޚިލާފު ދެކޮޅުވެރި ބޭފުޅެއް ކަމަށް އެމްޑީޕީއިން ހާމަކޮށްފައިވާ ވުމަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.

Advertisement

އެމްޑީޕީގެ ވާހަކަތަކަށް ރައީސް ޔާމީން ރައްދު ދެއްވީ "ރެފަރަންޑަމް" ވޯޓާ ގުޅިގެން ރައްޔިތުން އަހަމުންދާ ސުވާލުތަކަށް ޖަވާބު ދިނުމަށް އެމަނިކުފާނު އިސްނަންގަވައިގެން ބޭއްވި "ޗަގޯސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ލާމރުކަޒީ އުސޫލުތަކާ ވަރަށް ދެކޮޅު ބޭފުޅެއް ކަމަށް ކުރިގެ ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު އެމްޑީޕީއަށް ލާމަރުކަޒީ ގާނޫނުގެ ތެރެއިން ވެރިކަން ކުރަން އެތައް އަހަރެއް ލިބުނުއިރު އެމްޑީޕީއިން އެ ގާނޫނު ތަންފީޒުކުރި ގޮތް ރައީސް ސޯލިހު ހަދުމަފުޅު ހުރިތޯ ކަމަށެވެ.

އެގޮތުން ލާމަރުކަޒީ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ވެރިކަން ކުރަން ލިބުނީ ވެސް އެމްޑީޕީއަށް ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދު ލާމަރުކަޒީ ނިާމުގެ ތެރެއިން ސެންޓަރަލއިޒް ކުރެއްވީ ކަމަށާ އެއީ ލާމަޒުކަޒީ ކުރުން ނޫން ކަމަށާ އެއީ ލާމަރުކަޒީ އުސޫލުތަކާ ޚިލާފުކަމެއް ކަމަށްވުމުން އެމްޑީޕީއން އެކަން "އިމްލިމަންޓު" ކުރި ގޮތާ އެމަނިކުފާނު ދެކޮޅު ހެއްދެވީ ކަމަށެވެ.

ލާމަރުކަޒީ އުސޫލު ތަންފީޒުކުރަން ޖެހޭ ގޮތަށް އެކަން ކުރި ނަމަ އެމަނިކުފާނުގެ ތާއީދު އޭރު އެކަމަށް ލިބުނީސް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްޑީޕީއިން ވަނީ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމު ނުކުރެވޭ ކަން ބޮޑު ތަނުން ދައްކާފައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved