
ތަސްވިރު ބަލާނީ ތަސްވީރު ބުނާހެންނޭ ދިވެހި މުހާވިރާ ބަހެއްގައި އޮވެއެވެ. މި ރިޕޯޓުގެ ފޮޓޯއިން ތިޔަ ފެނި ވަޑައިގަންނަވާ މަންޒަރަކީ 2023 އާ 2026ގެ ފޮޓޯއެކެވެ. އެއް ފޮޓޯއަކީ 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ހުސް ގޮނޑި ވިއްކައިގެން ޕީއެންސީއިން ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ނަގާފައިވާ ފޮޓޯއެކެވެ. އަނެއް ފޮޓޯއިން އެ ފެންނަނީ 2026ގެ ލޯކަލް ކައުންސިލް އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ ތެރެއިން ނަގާފައިވާ ފޮޓޯއެލކެވެ.
ބަލާ ބެލުމަށް ދެ ފޮޓޯގައި އެއްގޮތް ކަމެއް އެބަހުއްޓެވެ. ތަސްވީރުން ރަމްޒުވަނީ ވަރުގަދަ ދެ ލީޑަރެއް ތަމްސީލު ކުރާ ހުސް ދެ ގޮނޑިއެވެ. ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ހުސްގޮނޑި ވިއްކައިގެން ވެރިކަމަށް އާދެވުމާ އެކު ފެނިގެން ދިޔައީ އެމަނިކުފާނަށް ފެނު ކައްކާ ބޮލީގެ އިއްޒަތް ފިން މަންޒަރެވެ. އެމަނިކުފާނާ ނުލާ ތިމަންނާ މެމްނަށް ވާނެއޭ ބުނެ ކައުންސިލް އިންތިހާބުގައި ނަމަވެސް ވީ ނާކާމިޔާބެވެ.
ރައީސް ނަޝީދުއާ ނުލާ އެމްޑީޕީއިން ވެސް އިންތިހާބަކަށް ނުކުތެވެ. މަޖިލިސް އިންތިހާބެވެ. ކުރިމަތިވީ ނާކާމިޔާބީއާއެވެ. ނަމަވެސް ކައުންސިލް އިންތިހާބުގައި ރައީސް ނަޝީދު ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ހިސާބުން ބޮޑު މަންޒަރު ބަދަލުވިއެވެ. އެމްޑީޕީ އަލުން ދިރުނެވެ. މިއީ ފެންނަ ހަގީގަތެވެ.
ނަމަވެސް ކާމިޔާބީ ފާހަގަކުރި ޖަލްސާގައި އެމަނިކުފާނަށް ވާހަކަ ދައްކަން ފުރުސަތު އެމްޑީޕީގެ ލީޑަރޝިޕުން ނުދިނެވެ. ފެނު ކައްކާ ބޮލީގެ އިއްޒތެވެ. އިންތިހާބު ކާމިޔާބުވުމާ އެކު ނަގާ އެއްފަރާތްކުރީއެވެ.
ކުރިން ވެސް ބުނި ފަދައިން ފޮޓޯއިން ފެންނަނީ ދާދި އެއްގޮތް މަންޒަރެވެ. ފޮޓޯގެ ފަހަތުގައި ވެސް އޮތީ ދާދި އެއްގޮތް ވާހަކަތަކެވެ. އެހެންކަމުން ސިޔާސީ ބޮޑު ރާޅެއް ނަގަން އުޅޭ ކަމަށްވެސް ވެދާނެއެވެ. މަޑުން މަޑުން ކުރިއަސް ވާގޮތް ބަލަން ތިބެމާ ބަހީއެވެ.









