

"ތޭރަ އޮންލައިން"ގައި ލިޔާ ލިޔުންތަކުގައި ލިޔާ ލިޔުންތެރިޔާގެ ނަން ހާމަނުކުރަނީ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދުފުޅުގެ ދަށުން ކަމަށް ބުނެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ދެއްކެވި ވާހަކައަށް، ރައްދުދީފިއެވެ.
ޝުޖާއު ރައްދު ދީފައިވަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓު ޕިއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު އަހުމަދު ވަހިދު (ވައްޑެ) އެވެ.
ވައްޑެ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ދައުލަތުން އާރަށަށް ބޭނުންކުރަން ގަތް ކާތަކެއްޗާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާއަށް މުލިއާގޭގެ ވަޒީރު އިޤްބާލު އާދަމް ދެއްވި އިންޓަރވިއުގެ ޚަބަރުގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވާފައެވެ. އޭގެން އެ ހަބަރު ލިޔުނު ލިޔުންތެރިޔާގެ ނަން ސިއްރުކޮށްފައިވާކަން ހާމަވެއެވެ.
އެ ޕޯސްޓުގައި ވަނީ ދައުލަތުގެ މީޑިޔާގައި އިޤްބާލުގެ ޚަބަރު ލިޔުނު ލިޔުންތެރިޔާގެ ނަން ސިއްރުކޮށްފައިވަނީ ރައީސް މުހައްމަދު މުޢިއްޒުގެ ފުރިހަމަ ލަފަޔާ އިރުޝާދުގެ ދަށުންތޯ އައްސަވާ (ބާރަށު މައިކު) ޝުޖާއުއަށް ސުވާލެއް އަމާޒުކޮށްފައެވެ.
Muliaageyaa gulhun huri kamkaa gulhey gothun Iqbal Adam ge habaru genai iru dhaulathuge media in habaru liyunu meehaage nan sirru koffa othy Raees Muizzuge furihama Irushaadhaa lafaage mathin tho? adhi meegen engey dhehthoa liyaa liyuntheriyaage nan hide kurany Theyra Online… pic.twitter.com/MiXJdLZZnc
— WADDE 🇲🇻 (@wadde_mv) April 12, 2025
ޝުޖާއުއަށް ރައްދު ދެމުން ވައްޑެ ވިދާޅުވެފައިވަނީ އެހެންކަމުން ޚަބަރު ލިޔާ ލިޔުންތެރިޔާގެ ނަން ހާމަނުކުރުމަކީ ހަމައެކަނި ވަކި ނޫހަކުން ކުރާ ކަމެއް ނޫންކަން އެބަ ހާމަވާ ކަމަށެވެ.