
ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވަމުން ގެންދަވާ މި ދަނޑިވަޅުގައި ހެރިޓެޖް މިނިސްޓަރ އާދަމް ނަސީރުވެސް އިސްތިއުފާ ދެއްވައިފިއެވެ.
އާދަމް ނަސީރަކީ މިއަދު ވަކިވި 10 ވަނަ ވަޒީރެެވެ.
މި ބޭފުޅުން ވަކިކުރި ސަބަބެއް އަދި ހާމަކޮށްފައިނުވެއެވެ.
ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުލް ހަލީލާއި، ސިޓީސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ތާރިގް ވަނީ މަގާމުން ވަކިކޮށްފައެވެ. މީގެ އިތުރުން ޔޫތު މިނިސްޓަރު އަސްވާޑާއި، ޖަނަވާރު މިނިސްޓަރު މާރިޔާ އާއި، ޑިފެންސް މިނިސްޓަރު ޣައްސާން އަދި ހެލްތު މިނިސްޓަރު ނާޒިމްގެ އިތުރުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު އަލީ ހައިދަރު ވަނީ ވަކިވެފައެވެ.







