March 12, 2026
Advertisement
ޚަލީލު އިސްވެ ހުރެ ވަނީ މުވައްޒަފުން ވީހާ ވެސް ގިނައިން ސަރުކާރު ޕްރޮމޯޓުކޮށް ޓްވީޓުކުރަން އަންގާފައި.
ޚަލީލު އިސްވެ ހުރެ ވަނީ މުވައްޒަފުން ވީހާ ވެސް ގިނައިން ސަރުކާރު ޕްރޮމޯޓުކޮށް ޓްވީޓުކުރަން އަންގާފައި. / ރައީސް އޮފިސް

ސަރުކާރުގެ ޑިފެންސަށް ކުޅެން ސިޔާސީ މުވައްޒަފުންނަށް ރައީސް އޮފީހުން އަންގައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 27, 2025, 10:00 PM
މާލެ ސިޓީ

ސަރުކާރުގެ ޑިފެންސަށް ކުޅެން ސިޔާސީ މުވައްޒަފުންނަށް ރައީސް އޮފީހުން އަންގައިފިއެވެ.

Advertisement

ސަރުކާރުން މިފަދައިން އަންގާފައިވަނީ ރައީސް އޮފީހުގެ ފަރާތުން އިއްޔެ ސިޔާސީ މުވައްޒަފުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އެގޮތުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމު ޚަލީލު އާ ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދުއާ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމު ފަލާހު އިސްވެ ތިބެ ބޭއްވި އެ ބައްދަލުވުމުގައި ޚަލީލު ވަނީ ވީހާ ވެސް ގިނައިން ހުރިހާ މުވައްޒަފުން ވެސް ސަރުކާރު ޕްރޮމޯޓުކޮށް ޓްވީޓުކޮށް އަދި ސޯޝަލް މީޑިޔާގެ އެކި ޕްލެޓު ފޯމުތަކުގައި ޕޯސްކުރުމަށް އަންގާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ ބޭފުޅުންނާ އަދި ފަލާހު ވެސް ސިޔާސީ މީހުންނާ ބައްދަލުކޮށްފައި މިވަނީ ޒުވާނުން މިހާރު ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން ސަރުކާރު ފިޓަށް ގޮސް ރައީސް މުހައްމަދު މުއިއްޒުއަށް ގޮތް ހުސްވެވަޑައިގެންނެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީއަލް ލެވެލް އިން ފެށިގެން ސިޔާސީ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved