March 12, 2026
Advertisement
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް
ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް / ރައީސް އޮފިސް

ލޭ އަޅާ ކުދިންގެ ފޮޓޯ ޕްރޮމޯޝަނަށް ބޭނުންކުރުމަށް ފަހު ރައީސް އޮފީހުން ބުނީ ބެލެނިވެރިން ހުއްދަދިން ކަމަށް!

Mar 23, 2025, 09:17 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޕްރޮމޯޝަންއަށް ލޭ އަޅާ ކުދިންގެ ފޮޓޯ ބޭނުންކުރުމުން ހޫނު ފެނަށް ވެއްޓުމުން، ފޮޓޯ ބޭނުންކުރީ ބެލެނިވެރިންގެ ހުއްދަ ލިބިގެން ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

Advertisement

18 އަހަރު ނުފުރޭ ކުދިންވެސް ހިމެނޭހެން ތެލެސިމީއާ ސެންޓަރުގައި ތިބި ބަލި ކުދިންތަކެއްގެ ފޮޓޯ ރައީސް މުއިއްޒު ވެސް ފެންނަހެން ރައީސް އޮފީހުން ވަނީ އާންމުކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، "ތޭރަ އޮންލައިން" އިން މިކަމާ ގުޅިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމު ޚަލީލުއަށް ސުވާލު ދެންނެވުމުން ވިދާޅުވީ، ކުދިންގެ ފޮޓޯ ބޭނުންކުރީ ބެލެނިވެރިންގެ ހުއްދަ ލިބިގެން ކަމަށެވެ.

ނަމަވެސް "ތޭރަ އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބެލެނިވެރިން ހުއްދަ ދިނީ ރައީސް މުއިއްޒު އަރިހު ދަރިފުޅުގެ ފޮޓޯ ނެގުމަށެވެ. ރައީސް އޮފީހުގެ ސައިޓުގައި ޝާއިއުކޮށް މުޅި ގައުމަށާ ދުނިޔެއަށް ހާމަކުރުމަށް ނޫން ކަމަށެވެ.

ކުޑަކުދިންގެ ކަރާމާތް ނަގަހައްޓާ ދެމެހެއްޓުމަށް ހުންނެވި އެންމެ އިސް ފަރާތުން މިފަދަ ކަމެއް ކުރައްވާފައިވާއިރު، މިއީ ރާއްޖޭގައި ފޮލޯ ކުރަމުންދާ މެޑިކަލް ޕްރޮޓޮކޯލްއާ ޚިލާފުކަމެއް ކަމަށް ވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved