ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް / ރައީސް އޮފިސް
ހަބަރު
ރައީސް މުއިއްޒު, ޖައްބާރު ނަތަންޔާހޫއަށް ގުޅިކަމަށް ފެތުރުނު އަޑު ރައީސް އޮފީހުން ދޮގުނުކުރި!
21 މާރިޗު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު, ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅިކަމަށް ފެތުރުނު އަޑު ރައީސް އޮފީހުން ދޮގުނުކޮށް ހަނު ތިބުން ޚިޔާރުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު، ސަހްޔޫނީންގެ ހައްދު ފަހަނަ އަޅާފައިވާ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ފޯނު އިން ގުޅައިގެން ވާހަކަ ދެއްކެވިކަމުގެ އަޑުތަކެއް ފެތުރުމާ ގުޅިގެން އެކަމުގެ މައުލޫމާތާ އަދި ތެދު ދޮގު ކަށަވަރުކުރަން "ތޭރަ އޮންލައިން" އިން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު ޚަލީލު އާ ސުވާލުކުރުމުން 15 ގަޑިއިރު މިހާތަނަށް ފާއިތުވެގެން ދިޔައިރުވެސް ޖަވާބެއް ދީފައި ނުވެއެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި ރައީސް މުއިއްޒު ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅާފައިވަނީ ނަތަންޔާހޫގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް ރާއްޖެއަށް އެހީދޭން ނިންމާފައިވާތީއެވެ. އެގޮތުން އެހީ ދޭން ނިންމުމާ ގުޅިގެން ޝުކުރު އަދާކޮށް މި އެހީ މެދުއިރުމަތީ ޤައުމެއް މެދުވެރިކޮށް ރާއްޖެ ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި މެދު އެ ފޯނުކޯލުގައި މަޝްވަރާކޮށްފައިވާކަމަށް ވެއެވެ.

ނަތަންޔާހޫ ވެސް ވަނީ ދިވެހި ރައްޔިތުން ސަހްޔޫނީންނާ ދެކޮޅަށް އުފުލަމުންދާ އަޑު ހުއްޓުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ވެއެވެ. އަދި ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ނުވާތީއާއި، ސަރުކާރުން އިސް ނަގައިގެން ސަހްޔޫނީންނާއި ދެކޮޅަށް ބާއްވާނެ ކަމަށް އިއުލާނު ކުރި މުޒާހަރާ ބާއްވާފައި ނުވާތީ އެކަންކަމަށް ވެސް ނަތަންޔާހޫ ޝުކުރު އަދާކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

މި ސަރުކާރުން ސަހްޔޫނީންނާ ދެކޮޅަށް ފިޔަވަޅެއް ނާޅާ ތިބޭތީ ދިވެހި ރައްޔިތުން ގެންދަނީ އެތައް ކަންބޮޑުވުމެއް ފާޅުކުރަމުންނެވެ. އެގޮތުން ސަރުކާރުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކޮށް ޕާކުކޮށްފައި އޮންނަތާ ވެސް 300 އާ ގާތްކުރާވަރަށް ދުވަސް ފާއިތުވެއްޖެއެވެ.

ދިވެހި ސަރުކާރުގެ ސްޓޭންޑަކީ އަބަދުވެސް ފަލަސްތީނު ރައްޔިތުންނާ އެކު ތިބުން ކަމަށް ކުރިން ހާމަކޮށްފައިވީ ނަމަވެސް ސަރުކާރުގެ ކިބައިން އެކަން އަމަލުން ނުފެންނަ ކަމަށް ގިނަ ދިވެހި ރައްޔިތުން ހާމަކުރެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved