April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެމެރިކާގެ ބަދަލުގައި ޗައިނާއާ ގުޅުން ބަދަހިކުރަން ސްޕެއިންގެ ބޮޑުވަޒީރު ގޮވާލައްވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 14, 2026, 05:17 PM
މާލެ ސިޓީ

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް، ޔޫރަޕްގެ ގައުމުތަކުން އެމެރިކާއަށް ބަރޯސާވުން ކުޑަކޮށް، ޗައިނާއާއެކު އޮންނަ އިގްތިސާދީ އަދި ސިޔާސީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވައިފިއެވެ.

Advertisement

ބޮޑުވަޒީރު ސަންޗޭޒް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބަދަލުވަމުންދާ ސިޔާސީ މަސްރަހުގައި ޔޫރަޕުން ގެންގުޅޭ ސިޔާސަތުތައް މުރާޖައާކުރަން ޖެހެއެވެ. ވަކިން ހާއްސަކޮށް، އެމެރިކާގެ ބަދަލުގައި ޗައިނާއަކީ ދުނިޔޭގެ އިގްތިސާދީ ކުރިއެރުމާއި ހަމަޖެހުމަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަންޗޭޒްގެ މި ވާހަކަފުޅުން ދޭހަވަނީ ހުޅަނގުގެ ގައުމުތަކުގެ މެދުގައި އެމެރިކާގެ ނުފޫޒާމެދު ސުވާލު އުފެދެމުންދާ ކަމެވެ. އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ދާއިރާއިން އެމެރިކާގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހުން އުފެދިފައިވާ ދަނޑިވަޅެއްގައި، ސްޕެއިން ފަދަ ޔޫރަޕްގެ ބޮޑު ބާރަކުން ޗައިނާއާ ގާތްވުމަށް ދިން މި އިޝާރާތަކީ ބައިނަލްއަގުވާމީ މައިދާނުގައި އައި ބޮޑު ބަދަލެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މި ގޮވާލުމަކީ ހުޅަނގުގެ ގައުމުތަކުން އެމެރިކާގެ ހިޔަނިން ބޭރުވެ، އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved