April 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާއިން އެމެރިކާގެ ދަތިކުރުންތަކަށް ގޮންޖަހައި އީރާނުގެ ތެޔޮ އެތެރެކުރަން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 14, 2026, 05:32 PM
މާލެ ސިޓީ

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިގްތިސާދީ ދަތިކުރުންތަކާއި ބްލޮކޭޑްތަކަށް ބެލުމެއްނެތްކަން ހާމަކޮށް، ޗައިނާއިން އީރާނުގެ ދެ މިލިއަން ފީފާ ތެޔޮ އެތެރެކޮށް އެމެރިކާގެ ބްލޮކޭޑް މުގުރާލައިފިއެވެ.

Advertisement

މި ފިޔަވަޅަކީ ދުނިޔޭގެ ބާރުތަކުގެ ކުރިމަތީގައި ޗައިނާގެ މިނިވަންކަމާއި ހިތްވަރުގަދަކަން ހާމަކޮށްދިން ކަމެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. އެމެރިކާއިން އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ގޮންޖަހައި، ޗައިނާއަކީ އެންމެ ފުރަތަމަ އީރާނުގެ ބޮޑު ތެޔޮ ޝިޕްމަންޓެއް އެތެރެކުރި ގައުމެވެ.

މި ނިންމުމާއެކު ޗައިނާއިން ވަނީ އެ ގައުމަކީ އެމެރިކާގެ ބިރުދެއްކުންތަކަށް ފަސްޖެހޭނެ ގައުމެއް ނޫންކަން ދުނިޔެއަށް ސާބިތުކޮށްދީފައެވެ. އަދި ދުނިޔޭގެ އިގްތިސާދީ މައިދާނުގައި އެމެރިކާގެ އެކަހެރި ސިޔާސަތުތައް ދެން ކާމިޔާބު ނުވާނެކަން ޗައިނާގެ މި ވަރުގަދަ އަމަލުން ވަނީ ހާމަވެފައެވެ.

މިކަމުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑު ދިރުމެއް ލިބިފައިވާއިރު، ޗައިނާއިން ދަނީ ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާގެ ބާރު ކަނޑުވާލައި، އުސޫލުތަކަށް ތަބާވާ ވަރުގަދަ ބާރެއްގެ ގޮތުގައި ފާހަގަކުރެވެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved