
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ދާދިފަހުން ދެއްވި ބަޔާނެއްގައި، ބައިނަލްއަޤުވާމީ މުޢާމަލާތްތަކާއި ގުޅުންތަކުގައި އީރާނުން ގެންގުޅޭ ހަރުދަނާ އުސޫލުތައް ހާމަކުރައްވައިފިއެވެ. ތަރުޖަމާނު ވިދާޅުވީ، ދެ ގައުމެއްގެ ދެމެދުގައި ހިނގާ މުޢާމަލާތެއް ބިނާވެފައިވަނީ ހަމައެކަނި އެއްފަރާތުން އަނެއް ފަރާތަށް ޝަރުތުތަކެއް ކަނޑައެޅުމުގެ މައްޗަށް ކަމަށްވާނަމަ، އެއީ ޙަޤީޤީ މުޢާމަލާތެއް ނޫން ކަމަށެވެ.
"މުއާމަލާތެއް ބިނާވެފައިވަނީ އެއްފަރާތުން އަނެއް ފަރާތުން ޝަރުތުތަކެއް ކަނޑައެޅުމުގައި ކަމަށްވާނަމަ، އެއީ މުއާމަލާތެއް ނޫން، އެއީ ޑިކްޓޭޝަން އާއި އިމްޕޮޒިޝަން، ނުވަތަ މަޖުބޫރުކުރުވުން،" ތަރުޖަމާނު ވިދާޅުވިއެވެ. އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ކަންކަން ނިންމުމުގައި ހަމަހަމަކަމާއި އިޙްތިރާމް އޮންނަންޖެހޭނެއެވެ.
ތަރުޖަމާނުގެ ވާހަކަފުޅުގައި ވަނީ، އިސްލާމީ ޖުމްހޫރިއްޔާ އީރާނާއި އެ ޤައުމުގެ ފަޚުރުވެރި ރައްޔިތުންނަކީ ދުވަހަކުވެސް އެހެން ބައެއްގެ ފަރާތުން އަންނަ އެފަދަ ލާޒިމުކުރުންތަކާއި، މަޖުބޫރުކުރުވުންތަކަށް ބޯލަނބާނެ ބައެއް ނޫންކަން މުޅި ދުނިޔެއަށްވެސް އެނގޭނެ ކަމަށް ވިދާޅުވެފައެވެ.
މި ބަޔާނަކީ އީރާނުގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ބޭރުގެ ބާރުތަކުން އީރާނުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވަން ކުރާ މަސައްކަތްތަކަށް ދިން ވަރުގަދަ ރައްދެކެވެ. އީރާނުން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ބައިނަލްއަޤުވާމީ ގުޅުންތައް ބިނާވާންވާނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމުގެ މައްޗަށް ކަމަށެވެ.










