April 17, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލައި 9 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Apr 17, 2026, 01:33 AM
މާލެ ސިޓީ

އީރާނާ ދެކޮޅަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަރުގަދަ ބްލޮކޭޑެއް ފަށާފައިވަނިކޮށް، އެކަމަށް ގޮންޖަހައި އީރާނުން ގަލްފް އޮފް އޮމާންގައި ހުރި ފްލޯޓިންގ ސްޓޯރޭޖްތަކުން 9 މިލިއަން ފީފާގެ ތެޔޮ ކާމިޔާބުކަމާއެކު އެކްސްޕޯޓްކޮށްފިއެވެ.

Advertisement

މި ހަރަކާތަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި އަސްކަރީ ބިރުދެއްކުންތަކަށް ބެލުމެއްނެތި އީރާނުން ކުރިއަށް ގެންދިޔަ މުހިންމު ވިޔަފާރި މުއާމަލާތެކެވެ. މިއާއެކު ބައިނަލްއަގުވާމީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ، މިއީ ދުނިޔޭގެ ބާރުގެ ގޮތުގައި އޮތް އެމެރިކާގެ ނުފޫޒު ކުޑަވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. ޚާއްޞަކޮށް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގައި ގެންގުޅުނު ހަރުކަށި ސިޔާސަތުތަކަށްފަހު، މިހާރު ގައުމުތަކުން އެމެރިކާގެ ބިރުދެއްކުންތަކަށް ސަމާލުކަން ނުދޭކަން މި ހާދިސާއިން ހާމަވެއެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަމުންދާ މި ބަދަލުތަކުން ދޭހަވަނީ އެމެރިކާގެ "އިރު އޮއްސެމުންދާ" ކަމާއި، އެ ގައުމުގެ ހަރުކަށި ސިޔާސަތުތަކުގެ ބާރު ކެނޑެމުންދާ ކަމެވެ. އީރާނުން މިވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ފާރަވެރިކަމުގެ ތެރެއިންވެސް، އެ ގައުމުގެ އިގްތިސާދީ ދިރުން ދަމަހައްޓާނެކަން ސާބިތުކޮށްދީފައެވެ.

މި ހަރަކާތަކީ ހަމައެކަނި ތެޔޮ އެކްސްޕޯޓް ކުރުމެއް ނޫނެވެ. މިއީ އެމެރިކާގެ ނުފޫޒާއި ދެކޮޅަށް އިސްލާމީ ގައުމުތަކާއި އެހެނިހެން ގައުމުތަކުން ތެދުވަމުންދާ ކަމުގެ ވަރުގަދަ މެސެޖެކެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ދުނިޔޭގެ ގައުމުތައް މިހާރު ތިބީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބިރުން ސަކަރާތްވާ ފަދަ ހާލަތެއްގައެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލަ މިނިވަންކަމާއި އިގްތިސާދީ މަސްލަހަތު އިސްކޮށް، އެމެރިކާގެ ބްލޮކޭޑްތައް ފޫއަޅުވާލުމުގެ ގާބިލުކަން ގައުމުތަކުގައި ހުރިކަން މި ހާދިސާއިން ވަނީ ސާފުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved