April 18, 2026
Advertisement
ފަލާހުއާ ޝުޖާއު ގެންދަނީ ރައީސް ޑރ.މުއިއްޒަށް އޮޅުވާލާ ދޯކާ ދެމުން: އައްބާސް
ފަލާހުއާ ޝުޖާއު ގެންދަނީ ރައީސް ޑރ.މުއިއްޒަށް އޮޅުވާލާ ދޯކާ ދެމުން: އައްބާސް / ސޯޝަލް މީޑިއާ

ފަލާހުއާ ޝުޖާއު ގެންދަނީ ރައީސް ޑރ.މުއިއްޒަށް އޮޅުވާލާ ދޯކާ ދެމުން: އައްބާސް

Mariyam Isaadha
މަރިޔަމް އިސާދާ
Apr 17, 2026, 07:01 PM
މާލެ ސިޓީ

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމު ފަލާހުއާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއުމެން ފެށުނީއްސުރެ ވެސް ގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް މަކަރު ހަދާ އޮޅުވާލަމުން ކަމަށާ އަދިވެސް ގެންދަނީ އެކަން އެގޮތަށް ކުރަމުން ކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

Advertisement

އައްބާސް މިފަދައިން ވިދާޅުވީ، ކައުންސިލް އިންތިހާބާ އ.ތ.ކ ގެ އިންތިހާބުގައި ގޮނޑިތައް ލިބުނު ގޮތުގެ ތަފްސީލު ކަމަށް ބުނެ، ރައްޔިތުންގެ އިޖްތިމާއީ ފައިސާއިން އެންސްޕާ އަޑީގައި އޮވް އުފެއްދިކަމަށް އަޑުތައް ފެތުރިފައިވާ އެމްއެމްޓީވީއިން ހިއްސާކޮށްފައިވާ މައުލޫމާތަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އައްބާސް ވިދާޅުވެފައިވާ ގޮތުގައި، ޕީޖީ ލީޑަރު ފަލާހު އާ މެމްބަރު ޝުޖާއު އިސްވެ ތިބެ އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު އަދިވެސް ރައީސް ޑރ.މުއިއްޒަށް ރައްޔިތުން ތިބިގޮތް، ރައްޔިތުން ދެކޭގޮތުގެ ހަޤީގަތް އޮޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އައްބާސް ފާހަގަކުރެއްވި ގޮތުގައި، އެބައިމީހުންގެ މަގުސަދަކީ ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްގެން ރައްޔިތުންގެ ޓެކުސް ފައިސާކޮޅު އިސްރާފުކޮށް އަދިވެސް އިތުރަށް ވަގަށް ނެގުމެވެ.

މީގެ އިތުރުން ވަޒީފާއާ ރިޝްވަތުގެ ހުތުރު ފައިސާ ދީގެން ބައެއް ކެނޑިޑޭޓުންގެ ނަން ނިމިދިޔަ އިންތިހާބުތަކުގައި ޕީއެންސީއިން ނެގުވިކަމަށް ތުހުމަތު ކުރައްވާ އައްބާސް ވިދާޅުވެފައިވަނީ އެއާއެކު އިންތިހާބަކާ ނުލާ ޕީއެންސީއަށް ލިބުނު 69 ގޮޑި ހިމަނާ، މެޖޯރިޓީ ލިބުނީ ޕީއެންސީއަށެ ކިޔާ ހަގީގަތް އޮޅުވާލާއިރު i ރައްޔިތުން ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ބުނިމުން ވެސް ޕީއެންސީއޭ މޮޅުވީ ބުނެ އަދިވެސް ރައީސް ޑރ.މުއިއްޒަށް އޮޅުވާލާ ދޯކާ ދޭން ޝުޖާއު އާ ފަލާހުމެން ދެމި ތިބި ކަމަށެވެ.

އައްބާސް މިފަދައިން ވިދާޅުވެފައިވާއިރު، އިންތިހާބުގައި ވޯޓުލައިގެން ގިނަ ގޮނޑި ލިބިފައިވަނީ އެމްޑީޕީއަށެވެ. ނަމަވެސް އެކަން އޮޅުވާލާ ސަރުކާރުން ފައިސާދީފައިވާ މީޑިޔާތައް މެދުވެރިކޮށް ދަނީ ދޮގު މައުލޫމާތު ފަތުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved