
ޑިފެންސް މިނިސްޓްރީގެ ސްޓޭޓަކަށް ހުރި މުއާޒު ހަލީމު ސަރުކާރު ހިންގާ ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލްކަމުގެ މަގާމުން އިސްތިއުފާދީފިއެވެ.
މުއާޒު އިސްތިއުފާދިން ކަން ޚުދު އޭނާ އަމިއްލައަށް ހާމަކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. މުއާޒު ހާމަކޮށްފައިވާ ގޮތުން ނަމަ އޭނާ އިސްތިއުފާ ދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް، މުހައްމަދު މުއިއްޒު ފަށާފައިވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ބޭނުންވާތީ އާ ސެކެރެޓަރީ ޖެނެރަލްގެ މަޤާމުގައި އޭނާއަށް ވުރެ ފުރިހަމައަށް ވަގުތު ދެވޭނެ ބޭފުޅަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ ކަމަށެވެ.
މުއާޒު އެ ޕާޓީގެ އެސްޖީގެ މަގާމު ފުރުަމުން ގެންދަނީ މިދިޔަ އަހަރު ޖަނަވަރީ މަހުން ފެށިގެންނެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީ ހިންގަން ފުރުސަތު ދިނުމުގެ ގޮތުން އެސްޖީކަމުން މުއާޒު އިސްތިއުފާދިން ކަން ހާމަކޮށްފަިއވާއިރު، ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމަށް ކަމަށް ބުނެ 10 ވަޒީރަކުވެސް ކެބިނެޓުން މި މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ބޭރުކޮށްފައެވެ.










