April 19, 2026
Advertisement
ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބަލި، ރައީސް މުއިއްޒު އެޅުވީ ކެމްޕެއިން ޓީމުތަކުގެ ބޮލުގައި!
ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބަލި، ރައީސް މުއިއްޒު އެޅުވީ ކެމްޕެއިން ޓީމުތަކުގެ ބޮލުގައި! / ސޯޝަލް މީޑިއާ

ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބަލި، ރައީސް މުއިއްޒު އެޅުވީ ކެމްޕެއިން ޓީމުތަކުގެ ބޮލުގައި!

Apr 19, 2026, 02:53 PM
މާލެ ސިޓީ

އެޕްރިލް މަހުގެ 4 ވަނަ ދުވަހު ނެގި ރިފަރަންޑަމް ވޯޓުގައި ސަރުކާރަށް ނާކާމިޔާބުވީ ކެމްޕެއިން ޓީމުތަކުން އެދެވިގެންވާ ވަރަށް މަސައްކަތް ނުކުރުމުން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދޅާުވެއްޖެއެވެ.

Advertisement

އއ ރަސްދޫ، އުކުޅަސް އަދި ތައްޑޫއިން ކައުންސިލް އިންތިހާބާ އ.ތ.ކ ގެ އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރަން ރަސްދޫގައި ހޮނިހިރު  ދުވަހުގެރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނެގި ވޯޓު ސަރުކާރަށް ނާކާމިޔާބުވީ އެކި ސަބަބުތަކާ ހުރެ ކަމަށެވެ.

އެގޮތުން މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނެގި ވޯޓުގައި ނުފެންނަ ކަމަށް ރައްޔިތުން ވޯޓުލީ ސަަބަބުތައް އެމަނިކުފާނު ވަރަށް ސާފުކޮށް ބެއްލެވި ކަމަށާ އެ ބެއްލެވިއިރު ފާހަގަވީ އެއް ސަބަބަކީ ޕީއެންސީގެ ކެމްޕެއިން ޓީމުތަކަަށް އެކަމާ ގުޅުން ހުރި މުހިއްމު މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ނުދެވުމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.

އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް، އަޅުގަނޑުމެންނަކަށް ނެތް ރައްޔިތުންނަށް ކިޔައިދެވިފައެއް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ [ޕީއެންސީގެ] މި ކެމްޕެއިން ޓީމުތައް، އަޅުގަނޑުމެންނަށް އެ މަސައްކަތް ރަނގަޅަށް ކުރެވިފައި ނެތް އެހާ ސާފުކޮށް އެހާ ރަނގަޅަށް އޮތް މައްސަލައެއްގައި

ރައީސް މުއިއްޒު

އިންތިހާބުންވީ ބަލިން އަމިއްލަ ނަފްސު ދިފާއު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކެމްޕެއިން ނިންމަން ބޭއްވި ރެލީގައި އެމަނިކުފާނު ކުޑަ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ރައްޔިތުންނަށް އެކަމުގައި ހުރީ ހުސް ފައިދާކަން ކިޔާދީފައިވާނެ ކަމަށާ އެކަން އެމަނިކުފާނުގެ އެދުވަހުގެ ވާހަކަ ރިވައިންޑް ކޮށްލައިގެން ބެލުމުންވެސް އެނގޭނެ ކަމަށެވެ.

އިންތިހާބުގެ ނަތީޖާ ގަބޫލުކުރި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވާހަކަ ދެއްކެވި ނަމަވެސް ދެއްކެވި ވާހަކަފުޅުގެ ރާގާ އަދި މޫނުމަތިން ފާޅުވަމުންދިޔަ ކުަލަވަރުން އެމަނިކުފާނު ވަރަށް ބޮޑަށް އެކަމާ ކޯފާ އިސްކުރައްވާފައިވާކަން ހާމަވަމުން ދިޔައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއަށް ބަލާއިރު، ވޯޓުލީ 221،111 މީހުންގެ ތެރެއިން 148،859 މީހުން (68.7 އިންސައްތަ) ވޯޓު ދީފައިވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ. ސަރުކާރުން ހުށައެޅި ގޮތަށް ދެ އިންތިޚާބު އެއްކޮށް ބާއްވަން ފެންނަ ކަމަށް ވޯޓު ދިނީ 67،680 މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved