April 18, 2026
Advertisement
ޕީއެންސީގެ ކުރީ ސަފުން ފެންނަނީ އެމްޑީޕީގެ ޑަސްބިން: މަލީހު
ޕީއެންސީގެ ކުރީ ސަފުން ފެންނަނީ އެމްޑީޕީގެ ޑަސްބިން: މަލީހު / ތޭރަ އޮންލައިން

ޕީއެންސީގެ ކުރީ ސަފުން ފެންނަނީ އެމްޑީޕީގެ ޑަސްބިން: މަލީހު

Apr 18, 2026, 02:31 PM
މާލެ ސިޓީ

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކުރި ސަފުގައި މިއަދު ފެންނަމުން ދަނީ އިދިކޮޅު އެމްޑީޕީއިން ބޭނުން ނެތިގެން ދުރުކޮށްފައި ތިބި ބަޔަކު ކަމަށް ޕީއެންއެފްެގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

ސަރަނގު އާދަމް މަނިކާ އަބްދުﷲ ޖާބިރު (ލޮލީ ޖާބިރު) ޕީއެންސީ ހަރުގެ ޖަލްސާއެއްގައި އިސް ސަފުގައި ތިިބި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ހިއްސާ ކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023 ވަނަ އަހަރު ވެރިކަމަށް އައި ޕީއެންސީގެ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޕީއެންސީގެ ކުރީ ސަފުގައި ތިބި މަންޒަރު ފެންނަމުން ދަނީ އެމްޑީޕީއިން އުކާލި ޑަސްބިން ކަމަށެވެ.

މިއީ ސިޔާސީ މައިދާނަށް ހަޑި މަންޒަރެއް ކަމަށް ވިދާޅުވެ މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒަށް ދޯކާ ދިން ބަޔަކު ގޮވައިގެން ނުކުމެ އިންތިހާބުތައް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. 

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު ޕީއެންސީ ތެރޭގައި ތިބީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒާ ދެކޮޅަށް ގިނައިން ކެމްޕެއިން ކުރި މީހުންކަމަށް އެ ޕާޓީގެ މެމްބަރުން ވެސް ބުނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved