April 9, 2026
Advertisement
ޕީއެންސީ ތެރޭގައި ބޮޑު ރެނދެއް، 2028ގައި މުއިއްޒާ ދެކޮޅަށް މޫސައެއް ނެރެނީ!
ޕީއެންސީ ތެރޭގައި ބޮޑު ރެނދެއް، 2028ގައި މުއިއްޒާ ދެކޮޅަށް މޫސައެއް ނެރެނީ! / ރައީސް އޮފިސް

ޕީއެންސީ ތެރޭގައި ބޮޑު ރެނދެއް، 2028ގައި މުއިއްޒާ ދެކޮޅަށް މޫސައެއް ނެރެނީ!

Apr 9, 2026, 01:53 PM
މާލެ ސިޓީ

ވެރިކަން ކުރާ ޕީއެންސީ ތެރޭގައި ވެސް ބޮޑެތި ޚިޔާލު ތަފާތުވުން އުފެދި 2028ގެ ރިޔާސީ އިންތިހާބަށް ރައީސް މުހައްމަދު މުއިއްޒު ނޫން މީހަކު ނެރެން މަސައްކަތްކުރަމުންދާ ކަމުގެ އަޑުތައް ގަދަވެއްޖެއެވެ.

Advertisement

ޕީއެންސީގެ ބައެއް މެމެބަރުންނާ އަދި އިސްފަޑީގެ ބައެއް ބޭފުޅުންވެސް މިހާރު ފާޅުގައި އެކަމަށް ގޮވާލާ ސޯޝަލް މީޑިޔާގައި ދަނީ ޕޯސްޓުކޮށް ކެމްޕެއިންވެސް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ބަދަލުގައި ރިޔާސީ އިންތިހާބަށް ނެރެން މަސައްކަތްކުރާ އެކަކީ މާލީ ވަޒީރުގެ މަގާމުގައި ހުރި މޫސާ ޒަމީރެވެ. މީގެ އިތުުރުން މަސްވެރިކަމާ ބެހޭ ވޒަީރު ޝިޔާމުއާ އަދި  ސިޓީޒް މިނިސްޓަރު އާދަމް ޝަރީފުވެސް ރިޔާސީ އިންތިހާބަށް ދޮން ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިފަދަ ބޮޑު ޚިޔާލު ތަފާތުވުމެއް އުފެދި ޕީއެންސީ ތެރޭގައި މިފަދަ މަޝްވަރާތަކެއް ފެށިފައިވަނީ އެޕްރިލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގެ ތެރެއިން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ރައީސް މުއިއްޒު އެދުނު ގޮތާ ޚިލާފަށް ގިނަ ރައްޔިތުން ވޯޓުދީ ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުމަ ގުޅިގެން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ވޯޓުގެ ނަތީޖާ ދައްކާފައިވާ ގޮތުން ރައީސް މުއިއްޒުގެ ސިޔާސީ ބާރުވެރިކަމާ މެދު މިހާރު ސުވާލު އުފެދިފައިވާތީ 2028ގައި ރިޔާސީ އިންތިހާބު ޕީއެންސީއަށް ކާމިޔާބުވުމުގެ އުއްމީދު ގެއްލިފައިވާތީ ގިނަ މެމްބަރުން މިހާރު ގެންދަނީ "ޒަމީރު 2028" ޖަހާ ޕޯސްޓުތައް ދައުރު ކުރަމުންނެވެ.

މިއީ ޕީއެންސީގެ އެތެރެ އިތުރަށް ހަލަބޮލިވެ މުޅި ޕާޓީއަށް ބޮޑެތި ލޮޅުންތަކެއް އަންނާނެ ކަމެއް ކަމަށްވެދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved