
ރައީސް ޑރ މުހައްމަދު މުއިއްޒު މިވަގުތު ކުރަން އެންމެ މުނާސަބު ކަމަކީ 2028ގެ ރިޔާސީ ޓިކެޓު ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު ސިކުނޑިން ވިސްނަވާފައި ކަމެއް ނިންމަވާނަމަ މިވަގުތު ކުރައްވަން އެންމެ މުނާސަބުކަމަކީ 2028ގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާއި ހަވާލުކުރައްވާ ރައީސް މުއިއްޒު ފަހަތަށް ޖެހިވަޑައިގަތުން ކަމަށެވެ. އެހެން އެކަން ކުރުމުން ވަތަނީ ފިކުރު އެންމެން އުފާވާނެ ކަމަށާ އެހާ ހިސާބުން ރައްޔިތުންގެ އެ ޗެޕްޓަރ ކާމިޔާބު ވާނެ ކަމަށެވެ.
މަލީހު ކުރެއްވި އިތުރު ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒު ރައީސް އޮފީހުގައި ތިބޭ ދުވަސްތައް ގުނާލެވިއްޖެކަން ހަނދާން ކޮށްދޭ ކަމަށާ އެހެންކަމުން މިއޮއް ދުވަކޮޅުގައި ލާހޫރުމުގެ ސިޔާސަތަކަސްވުރެ ރައްޔިތުންނަށް ފައިދާ ހުރި ކަމަކަށް ވިސްނާ އެކަމަކަށް މިސްރާބު ޖެހިއްޔާ މާރަގަޅުވާނެ ކަމަށެވެ. އަދި 2 ވަނަ ދައުރަކަށް ކުރިމަތިލުމަށް ސީރިއަސްކޮށް ވިސްނަނީތޯ ކަމަށްވެސް މަލިހު ވިދާޅުވިއެވެ.










