
ދިވެހިރާއްޖޭގައި ޑޮލަރުގެ ތާށިކަން ހުރިއިރު އެކަންކަން ހައްލުކުރަން ގައުމުގައި ހުރި ސަރަހައްދީ ބޭންކުތައް ބޭނުންކޮށޤގެން ޑޮލަރު ނުގެނުވަނީ ކީއްވެ ކަމާ މެދު ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
އެމަނިކުފާނު މިފަދައިން ސުވާލެއް އުފެއްދެއްވީ މި އަހަރުގެ މިހާތަނަށް އ.7 މިލިއަން ޑޮލަރު ބޭންކު އޮފް މޯލްޑިވްސް އިން ވިއްކައިފި ކަމަށްބުނާ ކަރަބަލަށް އިޝާރާތްކުރައްވާ، ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ޑޮލަރު ބޭންކު އޮފް މޯލްޑިވަސްއިން ވިއްކަން ޖެހުމަކީ އެ ބޭންކުގެ އެކަނި ޒިންމާއެއް ނޫން ކަމަށާ އެކަމުގެ ޒިންމާ މަރުކަޒީ ބޭންކު އެމްއެމްއޭއިން ވެސް އުފުލަން ޖެހޭ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި ގައުމުގައި ސަރަހައްދީ އެހެންިހެން ބޭންކުތަކުގެ ގޮފިތަކަށް ލައިސަންސް ދޫކުރާއިރު އެއިން ކޮންމެ ބޭންކަކުން ވަކި އަދަދަކަށް ޑޮލަރު ގެންނަން އެނގިދާނެ ކަމަށާ ރާއްޖެއިން އުފެއްދޭ ފައިސާ އެމީހުންގެ ގައުމުގެ މަރުކަޒީ ބޭންކަށް އަނބުރާ ގެންދާއިރު، ރާއްޖެއަށް ލިބެން ޖެހޭނީ ހަމައެކަނި ލައިންސަސް ފީ އާ ނެޓު އާމްދަނީގެ 25 ނުވަތަ 30 ޕަސެންޓުގެ އާމްދަނީ އެއް އެކަނި ނޫން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ހައްލު ނުހޯދުމަކީ ސަރުކާރުގެ ފެއިލިޔަރ އެއް ކަމަށެވެ.










