
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޚިޔާރުކޮށްފައިވަނީ ގޯސް މަގު ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީނަށް ހަރާން ހުކުމް ޖެހި ފަނޑިޔާރެއް ކަމަށާވާ އަހުމަދު ޝަކީލުގެ ކޮއްކޮއަށް މި ސަރުކާރުން ސްޓޭޓު މިނިސްޓަރުކަން ދީފައިވާތީ އެކަމަށް އިޝާރާތްކުރައްވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ގޯސް މަގު ޚިޔާރުކުރުމުން ގައުމުގެ ކަންކަން ގޯހުން ގޯހަށް ގޮސްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް އޭނާ އެކަންކަން ފާހަގަކޮށް ވާހަކަ ދައްކާފައިވާނެކަން ހަނދާން އައުކޮށް މަލީހު ވިދާޅުވެފައިވަނީ، އޭނާ އެ ވާހަކަތަކަށް ދައްކަވަނީ އަމިއްލަ ފައިދާއެއް ނުވަތަ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާ އޭނާ އެ ވާހަކަތައް ކުރިން ވެސް މިހާރު ވެސް ދައްކަވަނީ ގައުމާ ރައްޔިތުންގެ ހައްގުގައި އެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒު، ރައީސް ޔާމީންގެ ނަންފުޅާ ހުސް ގޮނޑި ބޭނުންކޮށްގެން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީށް ޔާމީނަށް ބޭވަފާތެރިވެފައިވާ ކަމަށް ގިނަ ރައްޔިތުން އިއްތިފާގުވެއެވެ.










