May 20, 2026
Advertisement
.
. / މިހާރު

އައްޑޫއަށް އެފްއެސްއެމް މެދުވެރިކޮށް އަގުހެޔޮކޮށް ތެޔޮ ލިބޭނޭގޮތް ހެދުމަށް ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Apr 19, 2026, 03:34 PM

އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ތެޔޮ ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާތީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން  ސަރުކާރަށް ގޮވާލައިފި އެވެ.

Advertisement

އައްޑޫ ސިޓީ ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބނެ ގޮތުގައި، އައްޑޫގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި މިވަގުތު އެފްއެސްއެމްގެ ހިދުމަތެއް ނެތެވެ. މިހާރު އެ ސިޓީގައި ތެލުގެ ހިދުމަތް ފޯރުކޮށްދެނީ އަމިއްލަ ކުންފުނިތަކުން ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ތެޔޮ ގަންނަން ލިބެނީ ވަރަށް ބޮޑު އަގުގައި ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

އަމިއްލަ ކުންފުނިތަކުންވެސް އެފްއެސްއެމް އިން ވިއްކާ އަގުގައި ތެޔޮ ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް، އެ އިންތިޒާމު ހަމަޖެހިފައި ނުވާކަމީ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ގަމުގައި ހުންނަ އެފްއެސްއެމްގެ ތެޔޮ އަޅާ މެޝިނަކީ ވަރަށް ބާވެފައިވާ އެއްޗަކަށް ވުމުން، ހިދުމަތް ހޯދުމަށް ރައްޔިތުން ގިނަ ވަގުތު ކިޔޫގައި މަޑުކުރަންޖެހޭ ކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދާ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved