
މިއަދު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުގެ ވެސް މޭޔަރު އަލީ ނިޔާޒު ދިފާއުކުރައްވާކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
އަލީގެ އިތުރުން އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ ގޮނޑި، މިހާރުގެ ވެސް މޭޔަރު މުހައްމަދު އާތިފް ދިފާއުކުރައްވާކަން ވެސް ވަގުތީ ނަތީޖާއިން ވަނީ ދައްކާފައެވެ.
މި ދެ ބޭފުޅުންގެ އިތުރުން މިހާރުވެސް މާލެ ސިޓީ އަދި ފުވައްމުލައް ސިޓީގައި ތިއްބެވި މޭޔަރުންވެސް ވަނީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައެވެ.
މިއީ ޕީއެންސީ ނޫން ގޮތެއް ސިޓީތަކުން ބޭނުންވިކަމުގެ ފުރިހަމަ ހެއްކެކެވެ.










