
އެއްވެސް އިންތިހާބަކާ ދިމާކޮށް ވަޒީފާ ދީފައިނުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވާއިރު، އިންތިހާބާ ދިމާކޮށް ވަޒީފާ ބެހި ކަމަށް އެމަނިކުފާނު އިއުތިރާފުވެވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދަ ގޮތަކަށް އެކަމަށް އިއުތިރާފުވެވަޑައިގެންނެވީ ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފެންނަ ނުފެން ވޯޓުން ރައްޔިތުންގެ ޚިޔާލު ސަރުކާރާ މެދު ހުރި ގޮތް ވަރަށް އެނގިގެން ގޮސްފައިވާ ކަމަށާ އެހެންކަމުން ދެން މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ސަރުކާރުގެ ތެރެއިން ކުރެވޭތޯ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން ބުނެފި ކަމަށާ އެހެންކަމުން ދެން އެމަނިކުފާނުވެސް ސިޔާސީ ގޮތުން ވަޒީފާ ނުދޭނެ ކަމަށާ ވަޒީފާ ދެން ދޭނީ މެރިޓު، ނުވަތަ ގާބިލުކަމާ ހުނަރަށް ބަލާފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ދެން އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނިއްޔާ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަންޖެހޭ ކަމަށް ރައްޔިތުން މިއޮތީ ބުނެފައި. އެހެންވީމަ އަޅުގަނޑުވެސް ދާނީ އެގޮތަށް ދެން އެނގޭތޯ. ދެންމެ މިދެންނެވިހެން އިއުލާންކުރެވިގެން ކުރިމަތިލައިގެން އެމީހާގެ ސީވީއަށް ބަލައި މެރިޓް ބޭސްކޮށް ނޫނިއްޔާ ދެން އެއްވެސް އެސްއޯއީއަކުން ވެސް މިނިސްޓްރީއަކުން ވެސް މުވައްޒަފަކު ނަގައިގެން ނުވާނެ. އެ އުސޫލު ދެން މި ސަރުކާރުން ކުރިއަށްގެންދާނީ
ރައީސް މުއިއްޒު
އެހެންކަމުން ރައީސްގެ މި ބަސްފުޅުތަކުން ދޭހަވަނީ އެމަނިކުފާނުގެ ސަރުކާރުން ވަނީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ވަޒީފާތަކެއް ދިފައިކަމެވެ.
ނަމަވެސް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއްކަން ފާހަގަކުރެވެއެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ޅ. އިން ރައީސަށް ލިބިދޭ ބާރަކީ ހަމައެކަނި ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް މަގާމުތައް އުފެއްދުމެވެ. ނަމަވެސް، ވޯޓުލުމުގެ ގަޑިއިރުތަކެއް ކުރިން ވެސް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް އިއުލާންކޮށް، އެތައް ބަޔަކަށް ވަޒީފާ ދީފައިވާއިރު، މިފަދަ ކޮރަޕްޝަނުގެ އަމަލުތައް ބެލުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ ނުކުޅެދިފައެވެ.
ސިޔާސީ ބޭނުންތަކަށްޓަކައި ވަޒީފާ ދެއްވާފައިވާނެ ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންނެވިއިރު، އޭޕްރީލް 4، ގައި ބޭއްވި ދެ އިންތިހާބާއި ވޯޓާ ދިމާކޮށް މާކޮށް އެތައް ހާސް ވަޒީފާއެއް ސަރުކާރުން










