April 25, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ހޯރްމޫޒް ކަނޑުއޮޅީގެ ނުތަނަވަސްކަމާ ގުޅިގެން ތެޔޮ ފީފާއެއްގެ އަގު 106 ޑޮލަރުން މައްޗަށް

Yana Shareef
ޔާނާ ޝަރީފް
Apr 24, 2026, 08:02 PM

އެމެރިކާއާއި އީރާނާ ދެމެދު ހޯރްމޫޒް ކަނޑުއޮޅީގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.

Advertisement

މި ނުތަނަވަސްކަން ބޮޑުވެފައިވަނީ ދެ ގައުމުން އެކަކު އަނެކެއްގެ ވިޔަފާރި އުޅަނދުތައް ހިފަހައްޓަން ފެށުމާ ގުޅިގެންނެވެ.

ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ހުކުރު ދުވަހުގެ ހެނދުނު ވަނީ ފީފާއަކަށް 106 ޑޮލަރަށްވުރެ މައްޗަށް އަރާފަ އެވެ. މިއީ ބުދަ ދުވަހުގެ ބާޒާރު ބަންދުވި އަގާ އަޅާބަލާއިރު ގާތްގަނޑަކަށް 5 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅީގެ ދަތުރުފަތުރު މިހާރު ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ކަނޑުއޮޅީގައި މައިން އަޅާ އީރާނުގެ ކޮންމެ އުޅަނދެއް ނައްތާލުމަށް އެމެރިކާގެ ނޭވީއަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި އެމެރިކާގެ ހުއްދަ ނެތި އެއްވެސް އުޅަނދަކަށް އެ ސަރަހައްދަށް ވަދެ ނިކުމެ ނުހެދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ނުތަނަވަސްކަން އިތުރުވީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ޕެނަމާގެ ދިދަ ޖަހާފައިވާ 'އެމްއެސްސީ ފްރެންޗެސްކާ' އާއި ގްރީސްގެ 'އެޕަމިނޮންޑަސް' ނަމަކަށް ކިޔާ ދެ އުޅަނދު ހިފެހެއްޓިކަން އިޢުލާނު ކުރުމާ ގުޅިގެންނެވެ. އީރާނުން ބުނާ ގޮތުގައި މި އުޅަނދުތައް ހިފެހެއްޓީ ކަނޑުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އަމަލުކުރުމުންނެވެ. ނަމަވެސް، ގްރީސްގެ ކަމާބެހޭ ވުޒާރާއިން ވަނީ އެ ގައުމުގެ އުޅަނދު ހިފެހެއްޓިކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved