May 2, 2026
Advertisement
-
- / އަލްޖަޒީރާ

ޖަރުމަނުން 5,000 ސިފައިން ބާލަން އެމެރިކާއިން ނިންމައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 2, 2026, 11:08 AM
މާލެ ސިޓީ

އީރާނާއެކު އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ޖަރުމަނުގެ ޗާންސެލާ ފްރިޑްރިކް މެރޒް ފާޑުވިދާޅުވުމާ ގުޅިގެން، ޖަރުމަނުގައި ތިބި އެމެރިކާގެ 5،000 ސިފައިން އަނބުރާ ގެންދަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ.

Advertisement

މި ނިންމުން ނިންމާފައިވަނީ އީރާނުގެ މައްސަލާގައި ޖަރުމަނުން ގެންގުޅޭ ސިޔާސަތުތަކަށް އެމެރިކާގެ ހިތްހަމަނުޖެހުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޗާންސެލާ މެރޒް ވަނީ އެމެރިކާގެ އަސްކަރީ ފިޔަވަޅުތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މައްސަލައާއެކު ނޭޓޯގެ މެންބަރު ގައުމުތަކާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރަން ފަށާފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ނޭޓޯގެ ގިނަ ގައުމުތަކުން މިހާރު ދަނީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާ ފާޅުގައި ދެކޮޅުވެރިވަމުންނެވެ. މިއީ އިއްތިހާދުގެ ބާރުވެރިކަމަށް ލިބޭ ބޮޑު ލޮޅުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved