May 29, 2026
Advertisement
-
-

އީރާނާއެކު ގުޅުން ބަދަހިކުރާތީ އެމެރިކާއިން އޮމާނަށް އިންޒާރު ދީފި

Aiminath Sarah
އައިމިނަތް ސާރާ
May 29, 2026, 01:28 PM
މާލެ ސިޓީ

އީރާނާއެކު އޮންނަ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމަށް އޮމާނުން ނިންމުމާ ގުޅިގެން، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އޮމާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މި އިންޒާރު އައިސްފައިވަނީ އީރާނާއެކު އޮންނަ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އޮމާނުން މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، ސްޓްރޭޓް އޮފް ހޮރްމޫޒްއިން ޓޯލް ނެގުމަށް އީރާނަށް އެހީތެރިވާ ކޮންމެ ގައުމަކާ މެދު އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

 "މިހެން ބުނަނީ އޮމާނަށް ޚާއްޞަކޮށް, އީރާނުން ސްޓްރޭޓް އޮފް ހޮރްމޫޒް އަށް ޓޯލް ނެގުމަށް އެހީތެރިވާ ކޮންމެ ގައުމަކާ އެމެރިކާއިން ވަރުގަދައަށް ރައްދު ދޭނެ" ބެސެންޓް ވިދާޅުވިއެވެ.

އެމެރިކާގެ މި އިންޒާރު އައީ އީރާނާއެކު އޮންނަ ވިޔަފާރީގެ ގުޅުންތައް ފުޅާކޮށް، އިގްތިސާދީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އޮމާންގެ ސުލްތާން ހައިތަމް ބިން ތާރިގް ހާއްސަ އެގްޒެކެޓިވް ޑިކްރީއެއްގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

މި ގަރާރުގެ ދަށުން އީރާނާއި އޮމާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑެތި ލުއިފަސޭހަ ގޮތްތަކެއް މަގުފަހިވެގެންދާނެއެވެ. މެދުއިރުމަތީގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، އޮމާނުން އިސްކަންދެނީ އެމެރިކާގެ ފިއްތުންތަކަށް ބެލުމެއްނެތި އީރާނާއެކު އޮތް ޕާޓްނަޝިޕް އިތުރަށް ވަރުގަދަކުރުމަށެވެ.

މި މައްސަލައިގެ ސަބަބުން އެމެރިކާއާއި އޮމާނާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް އޮމާނުން ދަނީ އެ ގައުމުގެ މިނިވަން ޚާރިޖީ ސިޔާސަތުގެ ދަށުން ސަރަހައްދީ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved