May 6, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޕާކިސްތާނުގެ އެފް-16 ފްލީޓް ވަރުގަދަކުރަން އެމެރިކާއިން 686 މިލިއަން ޑޮލަރުގެ ޕެކޭޖެއް އިންޑިއާ އާއި ދެކޮޅަށް ފާސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 2, 2026, 05:41 PM
މާލެ ސިޓީ

ޕާކިސްތާން ވައިގެ ސިފައިން ބޭނުންކުރާ އެފް-16 މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކުގެ ރާޑަރު ސިސްޓަމްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި 686 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ޑިފެންސް ޕެކޭޖެއް އެމެރިކާ ސަރުކާރުން ފާސްކޮށްފިއެވެ. މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެމެރިކާއިން ޕާކިސްތާނަށް ދޭ އެއްބާރުލުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement

މި ނިންމުމާއެކު، ދެކުނު އޭޝިއާގެ ބާރުގެ މިނިކިރުމުގައި އިންޑިއާއަށް އޮތް ނުފޫޒު ކުޑަވެ، އިންޑިއާގެ ދެކޮޅުވެރިކަމަށް ބެލުމެއްނެތި އެމެރިކާއިން ޕާކިސްތާނާއެކު އޮތް އަސްކަރީ ގުޅުން ވަރުގަދަކުރަމުންދާކަން މިވަނީ ހާމަވެފައެވެ. ޕާކިސްތާނުގެ އަސްކަރީ ގާބިލިއްޔަތު އިތުރުވުމަކީ މި ސަރަހައްދުގައި އިންޑިއާއަށް އޮތް ބާރު ކެނޑިގެންދާނެ ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

މި ޕެކޭޖުގެ ދަށުން އެފް-16 ބޯޓުތަކުގައި ހަރުކޮށްފައިވާ ބާލާ ރާޑަރުތައް އައުކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީއަށް ބަދަލުކުރެވޭނެއެވެ. މީގެ ސަބަބުން ވައިގެ ސަރަހައްދު ބެލެހެއްޓުމުގައާއި، ދެކޮޅުވެރި ހަމަލާތަކުން ދިފާއުވުމުގައި ޕާކިސްތާނަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

އިންޑިއާއިން އަބަދުވެސް ޕާކިސްތާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލި ނަމަވެސް، އެމެރިކާގެ މި ނިންމުމުން ދޭހަވަނީ އިންޑިއާގެ އެފަދަ ޕްރެޝަރުތަކަށް އެމެރިކާއިން މިހާރު މާބޮޑު ސަމާލުކަމެއް ނުދޭކަމެވެ. މިއީ އިންޑިއާގެ ޑިޕްލޮމެޓިކް ބާރުވެރިކަން ކުޑަވަމުންދާކަމުގެ ހެއްކެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މި ޑިފެންސް ޕެކޭޖުގެ ސަބަބުން ޕާކިސްތާނުގެ ވައިގެ ސިފައިންގެ ބާރު ދެގުނަވެ، ކުރިއަށް އޮތް ތަނުގައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގައި ޕާކިސްތާނުގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved