May 9, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

Aiminath Sarah
އައިމިނަތް ސާރާ
May 6, 2026, 05:53 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

Advertisement

ރައީސް ޓްރަމްޕް ވިދާޅުވީ، ސްޓްރެއިޓް އޮފް ހޮރްމޫޒް ހުޅުވުމަށް ވެވުނު އެއްބަސްވުމާ އެއްގޮތަށް އިޜާނުން އަމަލު ނުކޮށްފިނަމަ، އެމެރިކާއިން އެ ގައުމަށް ދޭ ހަމަލާތައް އަލުން ފަށާނެ ކަމަށެވެ.

ރައީސް ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، މިފަހަރު ދޭންޖެހޭ ހަމަލާތައް ފެށޭނީ "މާ މަތީ ފެންވަރެއްގައި އަދި މާ ބާރުމިނެއްގައި" ކަމަށެވެ. މިއީ އީރާނުން އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް ބާރުއެޅުމުގެ ގޮތުން ދެއްވި ހަރުކަށި އިންޒާރެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސްޓްރެއިޓް އޮފް ހޮރްމޫޒަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ނުހަނު މުހިންމު ސަރަހައްދަކަށް ވާއިރު، އެ ތަން ހުޅުވާފައި ބޭއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުއަޅައެވެ. ނަމަވެސް، އީރާނުން މި އެއްބަސްވުމާ ޚިލާފުވެއްޖެނަމަ، އެމެރިކާއިން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ބޮން އެޅުމުގެ އޮޕަރޭޝަންތައް ވަރުގަދަކުރާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.

މި މައްސަލައިގައި އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، ޓްރަމްޕްގެ މި އިންޒާރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ. އެމެރިކާއިން ދަނީ އީރާނުގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved