June 8, 2026
Advertisement
-
- / އޭޕީ

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

Aiminath Sarah
އައިމިނަތް ސާރާ
Jun 7, 2026, 11:49 PM
މާލެ ސިޓީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތަށް އަމާޒުކޮށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް އިތުރަށް ވަރުގަދަކުރުމަށް ގޮވާލައްވައިފިއެވެ.

Advertisement

އިސްރާއީލުން ލުބުނާނުގެ ބެއިރޫތުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ، އެ ގައުމާ ދެކޮޅަށް ކުރާ ހަނގުރާމަ އިތުރަށް ފުޅާކޮށް، ހިޒްބުالله އަށް އިތުރު ހަމަލާތަކެއް ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް މިކަމަށް ގޮވާލެއްވީ އިސްރާއީލުން ބެއިރޫތުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ބޯކޮށް ބޮން އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޝަހީދުވެ، އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި އާންމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން މި ހަމަލާތައް ހުއްޓާލުމަށް ގޮވާލަމުންދާއިރު، ޓްރަމްޕްގެ މި ބަޔާނާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އިސްރާއީލުން ބުނަމުންދަނީ މި ހަމަލާތަކަކީ އެ ގައުމުގެ ރައްކާތެރިކަމަށްޓަކައި ދެވޭ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ އާންމު ރައްޔިތުންނަށް އަންނަނީ ނުހަނު ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved