
އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގައި އެމެރިކާއަށް 50 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިއްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ހަނގުރާމައިގެ މާލީ ހަރަދު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.
ޕެންޓަގަން އިން ލަފާ ކުރާ ގޮތުގައި މި ހަނގުރާމައަށް 25 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވުނު ނަމަވެސް، މަރާމާތު ކުރުމާއި އަސްކަރީ ބަދަލުތައް ނިމުމުން އަސްލު އަދަދު 40 ބިލިއަނާއި 50 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ގިނަ ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.










