May 9, 2026
Advertisement
ހަނޑުލުގެ ސްޓޮކު މަދުވެ ލިމިޓުކޮށްގެން ވިއްކާކަމުގެ އަޑުތަކެއް!
ހަނޑުލުގެ ސްޓޮކު މަދުވެ ލިމިޓުކޮށްގެން ވިއްކާކަމުގެ އަޑުތަކެއް! / ސޯޝަލް މީޑިއާ

ހަނޑުލުގެ ސްޓޮކު މަދުވެ ލިމިޓުކޮށްގެން ވިއްކާކަމުގެ އަޑުތަކެއް!

May 7, 2026, 02:35 AM
މާލެ ސިޓީ

ހަނޑުލުގެ ސްޓޮކު މަދުވެ ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހަނޑޫ ލިމިޓުކޮށްގެން ވިއްކަން ފަށާފައިވާކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.

Advertisement

ރާއްޖޭގެ ބައެއް މީޑީޔާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އެސްޓީއޯގެ ކާޑު ގުދަނުގެ އިންވެންޓްރީ ބެލުމަށް ވަކި ވަގުތުތަކެއްގައި ގުދަން ދަނީ ބަންދުކުރަމުންނެވެ. އެހެންކަމުން ބާޒާރުގައި ހަނޑޫ ލިބުމަށް ދަތިތަކެއް ކުރިމަތިވެ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ވޭތުވެދިޔަ ދެ ދުވަހު ހަނޑޫ ގަންނަން ދިޔަ ފަރާތްތަކަށް އެސްޓީއޯއިން ހަނޑޫ ވިއްކާފައި ވަނީ ވަކި މިންވަރަކަށް ލިމިޓްކޮށްގެންކަމަށާ މިކަމާ ގުޅިގެން މާލޭގެ ބައެއް ފިހާރަތަކުން މިހާރު ހަނޑޫ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވެއެވެ.

ގުދަނުގައި ތިބި މުވައްޒަފުންނާ ހަވާލާދީ، ހަނޑޫ ގަންނަން ދިޔަ ބައެއް މީހުން ބުނިކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނޑޫ ވިއްކަނީ ލިމިޓްކޮށްގެން ކަމަށާއި ގުދަން ހުޅުވާފައި ބަހައްޓަނީ ވެސް ވަކި ވަގުތުތަކެއްގައި ކަމަށެވެ. 

މި މައްސަލައިގެ އަސަރު މާލޭގެ ބާޒާރަށް ވެސް ވަނީ ކުރަން ފަށާފައިވާ ކަމަށާ މާލޭގެ ބައެއް ފިހާރަތަކުން ބުނާ ގޮތުގައި އެސްޓީއޯގެ ކާޑު ގުދަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން ހަނޑޫ ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ވެސް ވަނި ރިޕޯޓުކޮށްފައެވެ. އަދި ސްޓޮކް މަދުވުމުގެ ސަބަބުން އެސްޓީއޯއިން ހަނޑޫ ވިއްކަނީ ލިމިޓްކޮށްގެން ކަމަށް ވެސް ފިހާރަތަކުން ފާހަގަކުރާ ކަމަށް ވެއެވެ.

ވޭތުވެދިޔަ ދެ ދުވަހު ވަކި ވަގުތުތަކެއްގައި ގުދަން ބަންދުކުރަން ޖެހުނީ އިންވެންޓްރީ ގުނުމުގެ މަސައްކަތް ކުރުމަށް ކަމަށް ނޫސްތަކުގައި ރިޕޯޓުކޮށްވާއިރު، މި ނޫހުން އެސްޓީއޯގެ އެމްޑީއަށް ކުރި މެސެޖުގެ ޖަވާބު އަދި ލިބިފައިނުވެއެވެ.

އިންވެންޓްރީގެ މަސައްކަތް ނިމުމުން އާންމުކޮށް ހުޅުވާފައި ހުންނަ ގަޑިތަކުގައި އެސްޓީއޯ ގުދަން ހުޅުވާނެ ކަމަށް ބުނި ނަމަވެސް އިންވެންތްރީ ނިމޭނެ ވަކި ތާޜީކެއް ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved