May 3, 2026
Advertisement
ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ބީއެމްއެލްއިން ހަދައިފި
ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ބީއެމްއެލްއިން ހަދައިފި / ސޯޝަލް މީޑިއާ

ކާޑުގެ ވެރިފަރާތް ބޭރަށް ނުގޮސް ކާޑު ބޭރުގައި ބޭނުން ނުކުރެވޭ ގޮތް ބީއެމްއެލްއިން ހަދައިފި

May 2, 2026, 04:48 PM
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ތިބޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ބޭންކް ކާޑު ބޭނުންކޮށްގެން އޭޓީއެމް އަދި ޕީއޯއެސް މެޝިންތަކުން ޑޮލަރުގެ މުއާމަލާތް ރާއްޖެއިން ބޭރުގައި ނުކުރެވޭ ގޮތަށް ނިންމާފައެވެ.

Advertisement

އެގޮތުން ބީއެމްއެލްއިން ވަނީ، ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރަށް ގެންގޮސް ބޭނުންކޮށްގެން، ބޭރުގެ އޭޓިއެމްއާއި ޕީއޯއެސް މެޝިންގައި ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތް ހަދައި، ކޮންމެ މީހަކަށް ވެސް ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމާފައެވެ.

މިގޮތަށް ނިންމާފައިވަނީ، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، ހަމަހަމަކަމާއެކު ބޭރު ފައިސާ ދޫކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނާއެކު ގާއިމުކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންގެ އެހީގައި، ރާއްޖެއިން ބޭރުގައި އޭޓީއެމް އަދި ޕީއޯއެސްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑް ލިމިޓް އެކްޓިވް ވާނީ ހަމައެކަނި ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުންނަ ވަގުތުތަކުގައި އެކަނި ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިއާއެކު، ކާޑުގެ ވެރިފަރާތް ރާއްޖޭގައި ހުރެފައި، އެފަރާތުގެ ކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންނުކުރެވޭނެއެވެ. މިފަދަ ގޮތަކަށް ނިންމި ސަބަބު ކަމަށް ބުނެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ބުނެފައިވަނީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އައުމެވެ.

މީގެ އިތުރުން، އީކޮމާސްއަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތަކަށް ބޭނުންކުރެވޭ ގޮތް ހަމަޖެއްސުމަށް، ކޮންމެ ކަސްޓަމަރަކަށް މަހަކު އީކޮމާސްގައި ހެދޭ ޓްރާންސެކްޝަންގެ ޢަދަދު 30 އަށް ކަނޑައެޅުން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ރާއްޖެއިން ބޭރުގައި އަމިއްލަ ކާޑެއް ނެތި ކިޔަވާ ކުދިންނަށް، ބެލެނިވެރިޔާގެ ކާޑުގެ ބަދަލުގައި ސްޓޫޑެންޓް ކާޑު ދިނުން ހިމެނެއެވެ. އެ ބެންކުން މިހާރު ވެސް ދަރިވަރުންނަށް ޚާއްސަ, މަހަކަށް 1,200 ޑޮލަރު ލިމިޓެއް ކަނޑައަޅައިފައިވާއިރު، ސްޓޫޑެންޓް ކާޑުގައި ހުންނާނީ އެ ލިމިޓެވެ.

ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ބޭރު ފައިސާ ވިއްކުން ބޭންކު ހުޅުވިފައި ހުންނަ ގަޑިތަކަށް ބަދަލުކޮށްފައިވީ ނަމަވެސް، އެކައުންޓުގައި ބޭރު ފައިސާ ހުރެގެން ފޮނުވާ ޓީޓީތައް ބަންދު ދުވަސްތަކާއެކު ހުރިހާ ގަޑިއެއްގައި ވެސް ފޮނުވޭނެއެވެ. ޓީޓީތައް ސްޕްލިޓްކޮށްގެން (ބަހާލައިގެން) ފޮނުވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ބޭރު ފައިސާ ވިއްކާނީ ކަނޑައެޅިފައިވާ ލިމިޓްތަކުގެ ތެރެއިން ކަމަށް ވެސް ބޭންކުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved