June 5, 2026
Advertisement
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތެޔޮ އިމްޕޯޓު 160 އިންސައްތަ އިތުރު
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތެޔޮ އިމްޕޯޓު 160 އިންސައްތަ އިތުރު / ސޯޝަލް މީޑިއާ

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތެޔޮ އިމްޕޯޓު 160 އިންސައްތަ އިތުރު

Jun 4, 2026, 03:35 PM
މާލެ ސިޓީ

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ރާއްޖެއަށް ތެޔޮ އިމްޕޯޓު ކުރި މިންވަރު 160 އިންސައްތަ އިތުރުވެއްޖެއެވެ.

Advertisement

މިދިޔަ އަހަރުގެ ތެލުގެ ބާވަތްތައް އިމްޕޯޓުކުރުމަށް ހޭދަކުރީ 161 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އެވެ. ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް ކުރި ހޭދަ އިތުރުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކަމަށްވެއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ތެލުގެ ބާވަތްތައް އިމްޕޯޓު ކުރުމަށް 240 މިލިއަން ޑޮލަރު (3.7 ބިލިއަން ރުފިޔާ) ދަޢުލަތުން ހޭދަކޮށްފައިވެއެވެ.

ތެލުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޑީސަލް އިމްޕޯޓު ކުރުމަށެވެ. އެގޮތުން ޑީސަލަށް 171 މިލިއަން ޑޮލަރު ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 47 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑީސަލަށް ހޭދަވީ 116 މިލިއަން ޑޮލަރެވެ.

ޕެޓްރޯލް އިމްޕޯޓަށް 48 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 22 މިލިއަން ޑޮލަރާ އަޅާބަލާއިރު 118 އިންސައްތައިގެ އިތުރުވުމެކެވެ. ޖެޓް ފިއުލް އެތެރެކުރުމަށް ހޭދަވީ 12 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ ގާތްގަނޑަކަށް އެއްވަރުގެ އަދަދެކެވެ.

ރާއްޖެއަށް އެތެރެކުރާ ތެލުގެ އެންމެ ބޮޑު ބައެއް ގެންނަނީ އެސްޓީއޯ މެދުވެރިކޮށެވެ. އޭގެ އިތުރުން ވިލާ އާއި ހޯކްސް ފަދަ އަމިއްލަ ކުންފުނިތަކުން ވެސް ރާއްޖެއަށް ތެޔޮ އެތެރެ ކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved