ޜައީސް ޔާމީން ފްރޮންޓް އޮފީސް ޖަލްސާގައި / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ރައީސް ޔާމީންގެ ލުއިތައް އަދިވެސް ހަމަ ރިވިޔު ކުރުމުގައި: ކަރެކްޝަންސް
Aishath Naja
އައިޝަތު ނަޖާ
18 މާރިޗު 2024
މާލެ ސިޓީ

ނިމި ދިޔަ ސަރުކާރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދީފައިވާ ލުއިތައް، މި ސަރުކާރުން ގެންދަވަނީ އަދިވެސް ރިވިޔު ކުރުމުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނުން ބުނެފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީނަށް ދިފައިވާ ލުއިތައް ރިވިއު ކުރަން ފަށަފައިވަނީ ދާދި ފަހުން ޔޫތު ސިޓީގައި އޮތް މާހެފުމަކަށް އެމަނިކުފާނު ވަޑައިގެންވުމަކީ ސިޔާސީ ކަމެއްގައި ބައިވެރިވުން ކަމަށް ބުނެއެވެ.

އެގޮތުން އެރޭ އޮތް މާހެފުމަށް އެމަނިކުފާނު ވަޑަިއގެންެވި މައްސަލަ ބަލާ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހަމަ އެރޭ ކަރެކްޝަންސްއިން މީޑިޔާތައް މެދުވެރިކޮށް ވަނީ ދީފައެވެ. ނަމަވެސް ރައީސް ޔާމީނަށް ވަކިން މިކަން ރަސްމީކޮށް އަންގާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ރިވިޔު ކުރުމުގެ އިތުރު އަޕްޑޭޓަކަށް ޗެނަލް 13 ގެ ފަރާތުން ކަރެކްޝަންސާ ސުވާލުކުރުމުން، ކަރެކްޝަންސްގެ މީޑިޔާ އޮފިޝަލް ވިދަޅުވީ އަދިވެސް ހަމަ ރިވިޔު ކުރައްވަނީ ކަމަށެވެ. އަދި އިތުރު މައުލޫމާތެއް ލިބިފައި ނުވާކަމަށާއި ރިވިޔުކޮށް ނިމޭނެ ދުވަހެއް ވެސް ނޭނގޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކަރެކްޝަންސްއިން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި އެމަނިކުފާނަށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގާނޫނީ ހުރަހެއް ނެތެވެ.

އެގޮތުން ކަރެކްޝަންސްއިން ހަވާލާ ދޭ މެރޯލު ގާނޫނުގެ މާއްދާ ތަރުޖަމާ ކުރަނީ ގޯސްކޮށްކަމަށް ވެސް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވާތީ ލުއިތައް ރިވިއު ކުރާކަމަށް ބުނެފައިވާއިރު އެމަނިކުފާނަށް ދިން ލުއިތަކަކީ ކޮބައިކަމާއި ގެއަށް ބަދަލު ކުރިއިރު ވެފައިވާ އިގުރާރުގެ ތަފްސީލަކީ ކޮބައިކަން ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.

ފަހުން އެމަނިކުފާނުގެ ފަރާތުން ލުއިތަކެއް ދީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ އަދި ނޫސްވެރިންގެ ބައްދަލުވުމަކަށް އެދުމުން ކަރެކްޝަނުން އެ ހުއްދަ ދީފައިނުވެއެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved