ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއް ބެލުމުގެ ގޮތުން ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު, އަހްމަދު ޝަމާހު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ އޭނާ 14 ދުވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކަން ހާމަކޮށްފަ އެވެ.
އެއީ އޭނާއާ ގުޅޭގޮތުން ޕީސީބީއަށް ހުށަހެޅި ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށްގެންދިޔުމުގެ ގޮތުންނެވެ.
ދާދިފަހުން ޝަމާހުއަށް ވަނީ މައިގަނޑު 12 ތުހުމަތެއްކޮށް އެފަދަ ކަމެއް ހިނގާ ނަމަ ވަގުތުން ހުއްޓާލުމަށް އަންގާފަ އެވެ.
އޭނާގެ ސަމާލުކަމަށް އެކަންކަން ގެނައީ ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުވި ސިޓީއަކުން ކަން ފާހަގަކޮށްލެވެއެވެ.
https://t.co/cV9SjWVZfN pic.twitter.com/aRVhDNUD0h
— Privatization & Corporatization Board (@pcb_gov) March 18, 2024
އެ ސިޓީގައި އެންމެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މުވައްޒަފުންނަށް ބިރު ދެއްކުމެވެ.
އޭގެ އިތުރުން ސީއީއޯއާ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ބޭނުން ކުރުން ހިމެނެ އެވެ.
ސީއީއޯގެ އަނބިކަނބަލުން އަދި މި ސަރުކާރުގެ އެންމެ ނާގާބިލް ޑެޕިޔުޓީ މިނިސްޓަރު އަމާނީ ވަނީ ޕީސީބީ އިން ޝަމާހަށް ސިޓީ ފޮނުވި ވާހަކަ ނޫސްވެރިޔަކު ޝާއިއު ކުރުމުން އެ ނޫސްވެރިޔާ އަށް ބިރުދައްކާ އިންޒާރުވެސް ދީފައެވެ.