May 13, 2026
Advertisement
މުއިއްޒުގެ ވެރިކަން ދަނީ ނިމެން، އެއީ ދައުރު ފުރިހަމަކުރާނެ ރައީސެއް ނޫން: ޑރ ޖަމީލު
މުއިއްޒުގެ ވެރިކަން ދަނީ ނިމެން، އެއީ ދައުރު ފުރިހަމަކުރާނެ ރައީސެއް ނޫން: ޑރ ޖަމީލު / ތޭރަ އޮންލައިން

މުއިއްޒުގެ ވެރިކަން ދަނީ ނިމެން، އެއީ ދައުރު ފުރިހަމަކުރާނެ ރައީސެއް ނޫން: ޑރ ޖަމީލު

May 13, 2026, 07:20 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ދަނީ ނިމެން ކަމަށާ އެއީ ދައުރު ފުރިހަމަކުރާނެ ރައީސެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރަން ޕީއެންސީއިން މަސައްކަތް ފަށާފާއިވާތީ އެކަމަށް އިޝާރާތްކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ ޖަމީލު ވިދާޅުވީ،  ނާޒިމަކީ އެމަނިކުފާނު ތާއީދުކުރާ ބޭފުޅެއް ނޫންކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ހިސާބުން ފެށިގެން ކަންތައްތައް ހިނގާފައިވާ ގޮތުން ކަމަށް ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ، ނަމަވެސް ނާޒިމަކީ ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން އެ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންގެ ތެރެއިން އެކަކަށް ވެސް އަރާ ހަމަނުކުރެވޭނެ ފަދަ ގާބިލު ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. ޖަމީލް ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ދަނީ ނިމުމަކާ ދިމާއަށް މިސްރާބު ޖަހަމުން ކަމަށާއި އެމަނިކުފާނަކީ ދައުރު ފުރިހަމަކުރާނެ ރައީސެއް ނޫން ކަމަށެވެ.

ނާޒިމްއަކީ ރައީސް ޔާމީނަށް ދެކޮޅަށއް ހެކިބަސް ދީ، އަދި މި ސަރުކާރުގައިވެސް ރައީސް ޔާމީން އޮބި އަލުވަން ގެންގުޅުނު ޓޫލެއް ކަމަށާ ނަމަވެސް މިއަދު ރައީސް މުއިއްޒު ފޭހުނު އިލޮށި ރައީސް މުއިއްޒު ލޮލަށް ހެރުނީ ކަމަށްވެސް ގިނަ ބަޔަކު ބުނަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved