May 14, 2026
Advertisement
ނާޒިމްއާ އަބްދުއްރަހީމު ދަސްކުރަން ޖެހޭ ސިޔާސީ ފިލާވަޅު މުހިއްމު: މަލީހު
ނާޒިމްއާ އަބްދުއްރަހީމު ދަސްކުރަން ޖެހޭ ސިޔާސީ ފިލާވަޅު މުހިއްމު: މަލީހު / ތޭރަ އޮންލައިން

ނާޒިމްއާ އަބްދުއްރަހީމު ދަސްކުރަން ޖެހޭ ސިޔާސީ ފިލާވަޅު މުހިއްމު: މަލީހު

May 13, 2026, 08:44 PM

މަޖިލީހުގެ ރައީސް އަބްދުއްރަހީމު އަބްދުﷲ އާ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްވެސް ދަސްކުރަން ޖެހޭ ސިޔާސީ ފިލާވަޅު މުހިއްމު ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ޕީއެންސީ ޕީޖީއިން ނިންމާފައިވާ ދަނޑިވަޅެއްގައި ނާޒިމްގެ އިންޒާރުތަކެއްވެސް މީގެ ކުރިން ލިބިފައިވާ މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބާރުގަ ތިބޭ އިރު މީޑިއާގެ މިނިވަންކަމާ ރައްޔިތުންގެ އަސާސީ ހައްޤުތައް ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭކަން އެންމެން ވެސް ދަންނަން ޖެހޭ ކަން މަންޒަރުތަކުން ބުނެދޭއިރު އެކަމުން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ.

އެގޮތުން ކިތަންމެ ހީލަތްތެރި ރޭވުން ބަޔަކު ރޭވިޔަސް އެއަށް ވުރެ މާ މޮޅަށް ރާއްވަވާ ފަރާތެއް ވާކަން ޤަބޫލުކުރަން ޖެހޭ ކަން ހަނދާން އައުކޮށްދެއްވާ މަލީހު ވަނީ ސިޔާސީ މައިދާނުގައި ކަން ހިނގަމުންދާ ގޮތުން ނާޒިމްއާ އަބްދުއްރަހީމު ދަސްކުރަން ޖެހޭ ސިޔާސީ ފިލާވަޅު މުހިއްމު ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް އައުމަށް އަބްދުއްރަހީމު އަށް ދިން އިސްކަން ވެރިކަމަށް އައުމަށް ފަހު ނުދީ ޕާޓީގެ ކަންކަމުންނާ އަދި ސަރުކާރުގެ ކަންކަމުން ވެސް ފެއަށް ޖައްސާ ދުވަސްތަކެއް ވަންދެން ބެހެއްޓުމަށް ފަހު މިހާރު ގާތްކޮށްފައިވާއިރު، މިހާރު ނާޒިމާ ދެކޮޅަށް ދަނި ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved