June 26, 2026
Advertisement
ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ހުސް އޮޅުވާލަމުން: މަލީހު
ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ހުސް އޮޅުވާލަމުން: މަލީހު / މިހާރު

ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ހުސް އޮޅުވާލަމުން: މަލީހު

Jun 26, 2026, 07:51 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ހުރިހާކަމެއްގައި ވެސް އޮޅުވާލަމުން ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވަނީ ޕޭޕަލް އާ ގުޅޭ ގޮތުން ސަރުކާރުން ދެއްކި ވާހަކައާ ރުއްތަކަށް ޖެހޭ ބަލި މި ސަރުކާރުން ދެނެގަނެ ފަރުވާ ހޯދިއްޖެ ކަމަށްބުނެ ސަރުކާރުން ދެއްކި ވާހަކަތަކަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން ޕޭޕަލް ރާއްޖެއަށް ތައާރަފްކުރީ ސަރުކާރުން ކަމަށް ބުނެ ހެދީ ހުސް ދޮގު ކަމަށާ އެކަމުގައި ވެސް އޮތީ ހުސް މަކަރާ އޮޅުވާލުން ކަމަށް މަލީހު ފާހަގަކުރެއްވިއެވެ. ޕޭޕަލް ރާއްޖެއަށް ތައާރަފްކުރީ ދިވެހި ސަރުކާރުން ނޫން ކަމާ އެކަން ކުރީ މުވާސަލާތީ ހިދުމަތްދޭ ކުންފުނި އުރީދޫއިންކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ ކުންފުނިން ޕޭޕަލް ގެނައުމުން ރައްޔިތުންނަށް ވަނީ ގެއްލުން ކަމަށާ ސަރުކާރުން ގެންނަ ހިދުމަތެއް ބޭންކް އޮފް މޯލްޑިވސް މެދުވެރިކޮށް ގެންނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރުއްތަކަށް ޖެހޭ ބަލި މި ސަރުކާރުން ހަނިމާދޫގެ ލެބޯރިޓީއަކުން ހޯދައިފިކަމަށް ފިޝަރީޒް މިނިސްޓަރު ބުނާއިރު ކުރީ ސަރުކާރުން އޭގެ ބަޔޮލިޖިކަލް އެޖެންޓެއް ޗައިނާއިން ގެނެސްފައިވާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ރައްޔިތުންނަށް މުޅިންވެސް ދޮގާ މަކާރާ ހީލަތް ހަދާ ސަރުކާރެއް ކަމަށް މަލީހު ވިދާޅުވިއެވެ.  

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved