June 25, 2026
Advertisement
މާލޭ ސީޕޯޓު ވިއްކާލުމުގެ އެންމެ ފަހުގެ މަރުހަލާ ދަނީ ކުރިއަށް: މަލީހު
މާލޭ ސީޕޯޓު ވިއްކާލުމުގެ އެންމެ ފަހުގެ މަރުހަލާ ދަނީ ކުރިއަށް: މަލީހު / ސޯޝަލް މީޑިއާ

މާލޭ ސީޕޯޓު ވިއްކާލުމުގެ އެންމެ ފަހުގެ މަރުހަލާ ދަނީ ކުރިއަށް: މަލީހު

Jun 25, 2026, 04:51 PM

މާލޭގެ ސީޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލުމުގެ އެންމެ ފަހުގެ މަރުހަލާދަނީ ކުރިއަށް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭ ސީޕޮޓު ބޭރުގެ ފަރާތަކަށް ވިއްކާލުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ކަމަށް އޭނާއަށް މައުލޫމާތު ލިބިފައިވާ ކަމަށާ، އެ ކަބަރުގެ ދޮގު ތެދު ސަރުކާރުން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

ކޮންޓެއިނަރ ޓާމިނަލްއާ އެކު ސޮއިކުރި ފަހުމުނާމާ އާ މެދު ސުވާލު އުފައްދަވާ އެކަމުގެ ވެސް އަދާހަމއަކީ ކޮބައިތޯ އޮޅުން ފިލުވާދޭން މަލީހު ވަނީ ސަރުކާރަށް އެދިފައެވެ. 

މާލޭ ސީޕޯޓު ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް ކުރިން ގަދަވެގެން ދިޔައިރު، އޭރު މައުލޫމާތު ލިބުނު ގޮތުގައި  ވަރަށް ސިއްރުން މި ސަރުކާރުން ވަނީ ދުބާއީ ވޯލްޑަށް ރާއްޖޭގެ މައި ސީޕޯޓު ވިއްކާލާފައެވެ. އަދި ޝަރުތުކޮށްފައިވަނީ ސޮވެރިން އެހެެން ޕޯޓެއް ރާއްޖޭގައި ނާޅާގޮތަށް ކަމަށްވެސް ވެއެވެ.

އެހެން ޕޯޓެއް ނާޅަން އެއްބަސްވެ ސީޕޯޓު ވިއްކާލުމުން ދެން ޖެހޭނީ އެމީހުން ތަކެތި އެތެރެކޮށް ފްރައިޓު ޗާޖު ނަގާ މިންވަރަކަށް އެއްބަސްވެ ތަކެތި އެތެރެކުރަން ކަމަށްވާިއރު، އޭގެ ސަބަބުން ތަކެތިގެ އަގު އާންމު ރައްޔިތުންނަށް ނުކަތާ ވަރަށް ތަކެތީގެ އަގު މައްޗަށް ދާނެ ކަން ފާހަގަކޮށްލެވެއެވެ.

މި ފަދަ ގޮތަކަށް ޑީލެއް ނިންމަން ސަރުކާރަށް މަޖްބޫރުވީ ކުރިއަށް އޮތް އަަހަރު ދަރަނި ދައްކަން ފައިސާ ހޮދޭނެ ގޮތެއް ނެތުމުންކަމަށްވެސް އަޑުތައް ގަދަވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved