May 15, 2026
Advertisement
ޤައުމު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ: މަލީހު
ޤައުމު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ: މަލީހު / ސޯޝަލް މީޑިއާ

ޤައުމު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
May 14, 2026, 08:44 PM
މާލެ ސިޓީ

ދިވެހި ގައުމު ދަތުރުކުރަމުންދާ ގަދަ ކަނޑުން ގައުމު ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު ބޮޑުވެއްޖެ ކަމަށް ޕިއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ތިން ރައީސުން އެކުގައި މަސައްކަތް ކުރަނީ ރައީސް މުހައްމަދު މުއިއްޒާ ވާދަކުރަން ޓިކެޓު ހޯދަން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ، 3 ރައީސުން ބައްދަލުކުރުމުގެ އުފާވެރި ޚަބަރާއި އެކު ރައްޔިތުން އުފަލުން ފޮޅިއްޖެ ކަމަށެވެ. އެ ޚަބަރާ އެކު ޤައުމު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށް ވިދާޅުވެ މަލީހު ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ޚުދުމުހުތާރު ސިޔާސަތުތަކަށް ނިމުމެއް ގެނެވޭނީ ޤައުމު އިސްކޮށްގެން ކަމަށް ވެސް ވިދާޅުވެފައެވެ.

ކަންކަން އޮތީ، ޕާޓީއަށް ވުރެ ޤައުމު ބޮޑުވާ ހާލަތުގައި ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީނާ، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހިމު މުހައްމަދު ސޯލިހު ގުޅިގެން> ނޫސްވެރިކަމުގެ މިނިވަން އިޔާދަކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ނިންމާ ތިން ބޭފުޅުން މަޝްވަރާގެ މޭށް އައުމަށް ނިންމުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved