May 15, 2026
Advertisement
.
. / އަދަދު

ކުރީ ސަރުކާރުތަކުގައި ހިނގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ހަމަ ބަލަންވީ،، އެކަމަކު ފަށަންވާނީ މި ސަރުކާރާ ހަމައިން، ކެރޭނެތޯ: މަލީހް

Yana Shareef
ޔާނާ ޝަރީފް
May 15, 2026, 04:28 PM

އެމް.އެމް.ޕީ.އާރު.ސީ އާއި ވެންޓިލޭޓަރުގެ ޚިޔާނާތަކީ ކޮންމެހެންވެސް ބަލަންޖެހޭ މައްސަލަތަކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން، މައްސަލަ ބަލާއިރު މި ސަރުކާރުގެ މައްސަލަތަކުން ފެށުމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އެމްްއެމްޕީއާރްސީ މައްސަލަ ބަލަން ކެރިވަޑައިގަންނަވަންޏާ ބެލުމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްވެސަް ވަނީ ގޮވާލާފައެވެލ. އެ މައްސަލައިގައި  ހިމެނޭ ގިނަ ފަރާތްތައް ތިބީ ސަރުކާރުގެ އިސްފަޑީގައިކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ވާހަކަތަކަށް އިޝާރަތްކުރައްވާ މަލީހު ވެސް ވަނީ އަވަހަށް މައްސަލަތައް ބެލުމަށް ރައީސް މުއއިްަޒަށް ގޮވާލާފައެވެ. މައްސަލަ ބަލާއިރު މި ސަރުޚާރުގެ ތެރޭގައި ހިނގާފައި ހުރި ކޮރަޕްޝަންގެއ މައްސަލަތަކުން ފެށުމަށް މަލީހު ގޮވާލެއްވިއެވެ.

އަދި އެ އެކަން ކުރަން ކެރިވަޑައިގަންނަވާނެތޯ ވެސް މަލީހު އެއްސެވިއެވެ.

ރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާގައި ރައީސް މުއިއްްޒު ވަނީ އެމްއެމްޕީއާރްސީ މައްސަަލައާއި ވެންޓިލޭޓަރުގެ މަެއްސަލަ ބެލކުމަށް ގޮވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved