May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީން އަލް އަޤްސާ މިސްކިތަށް ވަދެގަނެފި

Aiminath Sarah
އައިމިނަތް ސާރާ
May 16, 2026, 04:30 PM
މާލެ ސިޓީ

ސަހްޔޫނީ ސިފައިން އަލް އަޤްސާ މިސްކިތުގެ ހަރަމްފުޅަށް ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ މުސްލިމުން އަޅުކަމުގައި ތިއްބައެވެ.

Advertisement

މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ސަހްޔޫނީން ވަނީ މިސްކިތުގެ ގޭޓުތައް ބަންދުކޮށް، ފަލަސްތީނުގެ ޒުވާނުން މިސްކިތަށް ވަނުން ހުރަސްއަޅާފައެވެ. އަދި ބައެއް ސަހްޔޫނީން މިސްކިތުގެ ގޯތިތެރޭގައި ދީނީ ހަރަކާތްތައް ހިންގަމުން ދިޔައިރު، ސަހްޔޫނީ ސިފައިން ވަނީ އެމީހުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދީފައެވެ.

މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ހިލާފު އަމަލެއް ކަމަށް ބުނެ ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. "މިއީ މުސްލިމުންގެ މުގައްދަސް ބިމަކަށް ދެވޭ ނުރައްކާތެރި ހަމަލާއެއް،" ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަލް އަޤްސާ މިސްކިތަށް އިސްރާއީލުން ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްވެ، ކުރިމަތިލުންތައް އިތުރުވެގެންދާނެ ކަމުގެ އިންޒާރު މުހައްލިލުން ދެއެވެ. އިސްލާމީ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ދަނީ އިސްރާއީލުގެ މި އަމަލުތައް ހުއްޓުވުމަށް ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved