May 19, 2026
Advertisement
-
- / ތޭރަ އޮންލައިން

މި ދައުރުގައި ޕީއެންސީ ވަޅުޖެހޭނެ: މަލީހް

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 08:03 PM
މާލެ ސިޓީ

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މަލީހް ޖަމާލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މި ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ޕީއެންސީ ވަޅުޖެހޭނެ ކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒަކީ ސިޔާސީ ޕާޓީއެއް ހިންގޭ ފެންވަރުގެ ސިކުނޑިއެއް، ތަޖުރިބާއެއް، ނެޓްވޯކެއް، ކެތްތެރިކަމެއް އަދި އޮރޭޓަރީ ސްކިލްއެއް (ވާހަކަދެއްކުމުގެ ހުނަރެއް) ހުރި ބޭފުޅެއް ނޫން ކަމަށެވެ. އަދި ޕީޕީއެމްގެ މެމްބަރުން މިކަމާ މެދު ވިސްނުމަށް ގޮވާލައްވަމުން މަލީހް ވިދާޅުވީ، އެ މެމްބަރުންނަށް ތިބެވުނީ ފެތެމުންދާ އޮޑިއެއްގެ ރިޔަލު ދަށުގައި ކަމަށެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ގައުމުގެ ތިން ބާރު މުށުތެރެއަށް ލައިގެން ޚުދުމުހުތާރު ވެރިކަމެއް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެކަންކަން ނިމުމަކަށް ގެނައުމަށް މަލީހް ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މުށުތެރެއަށް ލައިގެން ހުންނެވި ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

މީޑިޔާތަކުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ، މީޑިޔާތަކަށް ބިރުދައްކައި، މީޑިޔާތަކުގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ހަގީގަތް ހާމަކުރުން ހުއްޓުވުމަށް އެކުލަވާލާފައިވާ ގާނޫނުތައް އުވާލުމަށް ވެސް އޭނާ ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved