May 27, 2026
Advertisement
-
- / ތޭރަ އޮންލައިން

ޝަހުޒާން ޖަލުގައި އޮތުމަކީ މުޅި ގައުމު ލަދުގަންނަންޖެހޭ ކަމެއް: މަލީހް

Aiminath Sarah
އައިމިނަތް ސާރާ
May 27, 2026, 09:49 AM
މާލެ ސިޓީ

ޒުވާން ނޫސްވެރިޔާ މުހައްމަދު ޝަހުޒާން އަދިވެސް ޖަލުގައި ބަންދުކޮށްފައި ހުރުމަކީ މުޅި ގައުމު އެކަމާ ލަދުގަންނަންޖެހޭ ކަމެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އީދު ދުވަހުގެ މުނާސަބަތުގައި މަލީހް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އީދު ބައްދަލުކުރިއިރު ޒުވާން ނޫސްވެރިޔާ ޝަހުޒާން ޖަލުގައި އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިއީ ދިވެހި ދައުލަތުންނާއި ރައްޔިތުން އެކަމާ މެދު ލަދުވެތިވާންޖެހޭ ފަދަ ކަމެއްގެ ގޮތުގައި މަލީހް ސިފަކުރެއްވިއެވެ.

މަލީހްގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ "އަނިޔާވެރިކަން" ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް އީދު ބަންދަށްފަހު އިތުރު ގިޔަރަކަށް ޖައްސަންޖެހޭ ކަމަށެވެ.

ޝަހުޒާން ބަންދުކޮށްފައިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާއި ގުޅުވައި ރައީސް މުއިއްޒާއި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމާއި ގުޅިގެންނެވެ. މަލީހް އިތުރަށް ވިދާޅުވީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށާއި، މިކަންކަމާ ދެކޮޅަށް ކުރާ އިހުތިޖާޖުތައް ކުރިއަށް އޮތް ތަނުގައި ވަރުގަދަ ކުރާނެ ކަމަށެވެ.

ދިވެހި ރައްޔިތުން އަންނަނީ ސަރުކާރުގެ އެކި ސިޔާސަތުތަކަށް ފާޑުކިޔައި، ސިޔާސީ ހަރަކާތްތައް އިތުރުކުރަމުންނެވެ. ޚާއްސަކޮށް ނޫސްވެރިންގެ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ދަނީ އަޑުއުފުލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved