May 1, 2026
Advertisement
Maleeh Jamal
Maleeh Jamal / މިހާރު

ސަރުކާރަށް ތާއީދުކުރާ މީހުން ދެއަތުން ގުނާލެވޭހާ މަދުވެއްޖެ: މަލީހް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
May 1, 2026, 11:35 AM
މާލެ ސިޓީ

މިހާރުގެ ސަރުކާރަށް އޮތް ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ކުޑަވެ، ސަރުކާރަށް ތާއީދުކުރާ މީހުންގެ އަދަދު ދެއަތުން ގުނާލެވޭހާ މަދުވެފައިވާ ކަމަށް ވިދާޅުވެ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބޭރުފުށުން މި ސަރުކާރަށް ތާއީދުކުރާ ކަމަށް ދައްކާ މަދު މީހުންނަކީ ވެސް ސަރުކާރުގެ ތެރެއިން ކޮންމެވެސް ޒާތެއްގެ މަންފާއެއް ލިބެމުންދާ ފަރާތްތަކެއް ކަމަށެވެ. އަދި އެ ނޫން ބަޔަކު ސަރުކާރާ އެކު މިހާރު ނެތް ކަމަށް މަލީހް ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ހިންގުންތެރިކަމާ މެދު ސުވާލު އުފައްދަވަމުން މަލީހް ވިދާޅުވީ، މިއީ އެއްވެސް ކަހަލަ ރަނގަޅު މަޝްރޫއެއް ނުވަތަ ޕްރޮޖެކްޓެއް ހިންގާނުލެވުނު "ދޯހަޅި" ސަރުކާރެއް ކަމަށެވެ. ސަރުކާރުގެ މަސައްކަތްތައް ހުރި ގޮތުން ރައްޔިތުންނަށް އެދެވޭ ނަތީޖާއެއް ނުފެންނަކަން ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރު ފެއިލްވެފައިވާ ކަމަށް އިޝާރާތް ކުރައްވައި، މަލީހް ވަނީ ވީހާވެސް އަވަހަކަށް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައްވާފައެވެ.

ރައީސް ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕީއެންއެފްގެ ފަރާތުން މަލީހް މިފަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކުރައްވާފައި މިވަނީ، ސަރުކާރުގެ ސިޔާސަތުތަކާ މެދު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved