May 2, 2026
Advertisement
.
. / ރައީސް އޮފިސް

އީސީގެ ރައީސް ޒާހިދުގެ އިސްތިއުފާއަކީ ނުރައްކަލުގެ ރަންގަބީލެއް: މަލީހް

Yana Shareef
ޔާނާ ޝަރީފް
May 2, 2026, 01:22 PM

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޒާހިދު އިއްޔެ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމަކީ "ނުރައްކަލުގެ ރަންގަބީލެއް" ކަމަށް ސިފަކުރައްވައި، އެ ކޮމިޝަނުގެ މިނިވަންކަމާ މެދު ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މިއީ ކޮމިޝަނުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތް ވަގުތުން ބަލައި، ހަގީގަތް ހޯދުމަށް "ފެކްޓް ފައިންޑް" ކޮށް އިސްލާހީ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު ކަމަށެވެ.

އީސީގެ ރައީސް ޒާހިދުގެ އިސްތިއުފާއާ ގުޅިގެން މަލީހް އިތުރަށް ބާރުއެޅުއްވީ އެ ކޮމިޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން ކޮމިޝަނުގެ މެމްބަރުން އެކުލެވިގެންވާ ގޮތް ނުވަތަ "ކޮމްޕޮޒިޝަން" ބަދަލުކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުން ޒާހިދު އިސްތިއުފާ ދެއްވިއިރު، އެ ކޮމިޝަނުގެ މިނިވަންކަމާމެދު އިދިކޮޅު ފަރާތްތަކުން ތަފާތު ސުވާލުތައް އުފައްދަމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved